ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮންސްޓްރަކްޝަން ސާމާނުގެ ދަތިކަމަށް ހައްލު ހޯދަނީ

WhatsApp Image 2026 04 15 at 09.25.29
STO_Ads

ބޮޑުހިލައާއި އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ސާމާނު ގެންނަނީ މެދުއިރުމަތިންކަމަށާއި، ހަނގުރާމައިގެ ސަބަބުން ތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ.މުއްޠަލިބް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ދިން ފުރުޞަތުގައި، މެންބަރުން ވަނީ އަތޮޅުތަކުގައި ބައެއް މަޝްރޫޢުތައް މަޑުޖެހެމުންދާކަން ފާހަގަކޮށްފައެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ސުވާލުކުރެއްވީ އެ ދާއިރާގެ ފޮއްދުއަށް ބޮޑުހިލަ ނުލިބިގެން ފޮއްދޫގެ ބަނދަތުގެ މަސައްކަތް ލަސްވާ މައްސަލައާއި ވެލިދޫގެ ބަނދަރާއި ޅޮހީގެ ފެނާއި ނަރުދަމާގެ މަސައްކަތް ލަސްވުމުގެ ކަންބޮޑުވުމެވެ.

Maldivian_Ads

އެ ސުވާލަށް ޖަވާބުދެއްވާ ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، އެ ސަރަޙައްދުން ރާއްޖެ އެތެރެކުރާ މުދާ ލިބުމުގައި ލަސްތައް އުޅޭކަމަށެވެ. އެގޮތުން ބޮޑު ހިލައާއި އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންވާ ބައެއް ޢާއްމު ބާވަތްތަކަކީ އެ ސަރަޙައްދުން އެތެރެކުރާ ބާވަތްތައްކަން ފާހަގަކުރެއްވިއެވެ.

“އާއްމުކޮށް ބޮޑު ހިލަ ގެންނަނީ ޔޫއޭއިން، މެދުއިރުމަތިން. ޔޫއޭއީއިން ހިލަގެނައުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވަނީ. މަސައްކަތް މިކުރަނީ އިންޑިއާއިން ނަމަވެސް ހިލަ ގެނެސްގެން މަސައްކަތް އަވަސްކުރުމަށް. ފޮއްދޫ ބަނދަރުގައިވެސް ބޮޑު ހިލަ ލިބުމުގައި ދަތިތައް ވަނީ ދިމާވެފައި.” ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ބަލްކް ކާގޯ ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރަނީ އިންޑިއާ، އޮމާން އަދި ޔޫއޭއީ ފަދަ ޤައުމުތަކުންނެވެ. ހިލަޔާއި ހިލަވެލި އިންޑިއާއިން ގިނަ ޢަދަދަކަށް އެތެރެކުރާއިރު، ބަނދަރާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތަށް ގިނަ ޢަދަދެއްގެ ބޮޑު ހިލަ އެތެރެކުރަނީ ޔޫއޭއީއިންނެވެ. އަދި ދަގަނޑާއި ސިމެންތި އަދި އެކި ބާވަތުގެ ކޮންސްޓްރަކްޝަން ކެމިކަލްވެސް ރާއްޖެއަށް އެތެރެކުރާ އެއް ސަރަޙައްދަކީ މެދުއިރުމައްޗެވެ.

މާލެއާއި އަތޮޅުތަކުގައި ކުރިއަށްދާ މަޝްރޫޢުތައް ހަލުވިކުރުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދަމުންނެވެ. އެގޮތުން އެއްފަހަރާ ގިނަ މަޝްރޫޢުތަކެއް ފެށުމަށް، އެކަމަށް ބޭނުންވާ ހެވީ ވެހިކަލްއާއި މެޝިނަތީގެ ބޮޑު ބެޗެއް ރާއްޖެ ވަނީ ގެނެސްފައެވެ. އަދި އެ ތަކެތި އަތޮޅުތަކަށް ފޮނުވުމަށް ވަނީ ތައްޔާރުވެފައެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dr muthalib

ބޯހިޔާވަހިކަމުގެ މަގުސަދަކީ އާއިލާތަކަށް ރައްކާތެރިކަން ދިނުން: ޑރ. މުއްޠަލިބް

މިއަހަރުގެ ނިޔަލަށް ވިލިމާލެއާ ބުރިޖުން ގުޅާލާ ނިމޭނެކަމުގެ އުއްމީދު އެބައޮތް: ޑރ. މުއްޠަލިބް

muthalib

މިއަހަރު 12،000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފަށާނެ: ޑރ. މުއްޠަލިބް

muthalib

ސިޔާސަތަކީ ހުރިހާ ގިންތިއަކަށްވެސް އެކަށީގެންވާ ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުން: މުއްޠަލިބް