ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއްބަސްވުމެއްގެ އުންމީދު ލިބިއްޖެ، ގްރީންލޭންޑް މައްސަލާގައި ބާރުގެ ބޭނުން ނުކުރާނަން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމުގައި އަސްކަރީ ބާރުގެ ބޭނުން ކުރަން ގަސްތު ނުކުރާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވުމަށް ސްވިޓްޒަރލޭންޑްގެ ޑާވޯސްއަށް ކުރި ދަތުރުގައި، ފޯރަމްގެ އަރިމަތިން މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީއާ ބައްދަލުކުރުމަށް ފަހު އެމެރިކާގެ ރައީސް ބުނީ، ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެންދިއުމަށްޓަކައި ބާރުގެ ބޭނުން ކުރުމަކީ އިޚްތިޔާރު ކުރާ ކަމެއް ނޫން ކަމަށެވެ.

އެކަން ކުރުމަށްޓަކައި ބާރުގެ ބޭނުން ކުރަންޖެހޭނޭ ކަމަށް މިހާރު ނުދެކޭ ކަމަށްވެސް އެމެރިކާގެ ރައީސް ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ގްރީންލޭންޑް އެމެރިކާގެ ދަށަށް ގެންދިއުމުގައި އެމެރިކާއިން ބާރުގެ ބޭނުން ކޮށްފިނަމަ އޭގެ ނަތީޖާ ވަރަށް ގޯސްވެގެން ދާނޭ ކަމަށް، އެމެރިކާގެ އެތެރެއިންނާއި ބޭރުންވެސް ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރަން ފެށުމުން ޓްރަމްޕް ވާހަކައިގެ ރާގު ބަދަލުކުރީއެވެ.

ޓްރަމްޕްގެ އިންޒާރުތަކާ ގުޅިގެން އެމެރިކާއާއި ޔޫރަޕާ ދެމެދު ވިޔަފާރީގެ ހަނގުރާމައެއް ފެށުމަށް ޔޫރަޕް ދަނީ ތައްޔާރުވެސް ވަމުންނެވެ.

ވިޔަފާރީގެ އިތުރުން، ސިޔާސީގޮތުންވެސް އެމެރިކާއާ ދެކޮޅަށް އެތައް ފިޔަވަޅެއް އެޅުމަށް އީޔޫއިން ދަނީ ވިސްނަމުންނެވެ. އިޔޫގެ ކުއްލި ބައްދަލުވުމެއް ބުރާސްފަތި ދުވަހަށް ތާވަލްވެސް ކޮށްފައި ވެއެވެ.

ބާރުގެ ބޭނުން ނުކުރި ނަމަވެސް، ގްރީންލޭންޑް އެމެރިކާގެ ތަނަކަށް ހެދުމުގެ މަސައްކަތް ޓްރަމްޕް ހުއްޓައެއް ނުލައެވެ.

ޑާވޯސްގައި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލު ކުރުމަށްފަހު ޓްރަމްޕް ބުނެފައިވަނީ، ގްރީންލޭންޑާ ގުޅޭގޮތުން އެއްބަސްވުމަށް ދިއުމުގެ އޮނިގަނޑެއް އެކުލަވާލެވިއްޖެ ކަމަށެވެ.

އެކަމާ ގުޅިގެން ޓްރަމްޕް ބުނީ، ގްރީލޭންޑް މައްސަލާގައި ޔޫރަޕްގެ ބައެއް ގައުމުތަކުގެ މުދަލުން އިތުރު ޓެރިފް ނަގާނޭ ކަމަށް އެނާ ކުރިން ކުރި އިންޒާރު އަނބުރާ ގެންގޮސްފައިވާ ކަމަށާއި، އެފަދަ ފިޔަވަޅެއް ދެން ނާޅާނޭ ކަމަށެވެ.

އޮނިގަނޑާ ގުޅޭ އިތުރު މަޝްވަރާތައް އޭނާގެ ޓީމުން ކުރާނޭ ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.

ޑެންމާކްގެ ފޮރިން މިނިސްޓަރ ބުނީ، އެމެރިކާގެ ރައީސްގެ ވާހަކަތަކަކީ ޕޮޒިޓިވް ވާހަކަތަކެއް ކަމަށާއި، މަޝްވަރާގެ އުސޫލަށް ދިއުމަށް ޑެންމާކްވެސް ތާއީދުކުރާ ކަމަށާއި، އެހެން ނަމަވެސް، ގްރީންލޭންޑާ ގުޅޭގޮތުން ހެދޭ ކޮންމެ އެއްބަސްވުމަކީ ގްރީލޭންގެ ރައްޔިތުންނަށް އިހްތިރާމްކުރާ އެއްބަސްވުމަކަށް ވާންޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ

އީރާނުގެ ސްކޫލަކަށް އެމެރިކާ ސިފައިން ހަމަލާދިން ކަމެއް ނޭނގޭ ކަމަށް ޓްރަމްޕް އަނެއްކާވެސް ބުނެފި

ގައުމުތަކުން އީރާނަށް ގުޅަންފަށައިފި، ޓްރަމްޕާއި ނަތަންޔާހޫ ގޮތްހުސްވެ އަމާންދޭން އުޅޭކަމުގެ އަޑުތަކެއް

ތުރުކީއަށް ދިންކަމަށް ބުނާ ހަމަލާ ތަހްގީގުކުރަން ބޭނުން، ދޮގުތަކުގެ އަސަރު ގުޅުމަށް ކޮށްގެން ނުވާނެ: އީރާނުގެ ރައީސް