ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަލާމަތީ މަޖިލިސް މިހާރު އިފެކްޓިވްއެއްނޫން، އެތަން ރިފޯމް ކުރަންޖެހޭ: އދގެ ސެކްރެޓަރީ ޖެނެރަލް

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް

އދގެ ސަލާމަތީ މަޖިލީހަކީ މިހާރު ނާކާމިޔާބު ވެފައިވާ ތަނެއް ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެއްޖެއެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް މިހެން ވިދާޅުވީ، އދގެ އާންމު މަޖިލީސް އުފެއްދިތާ 80 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތަގްރީރު ކުރައްވަމުންނެވެ.

އދގެ އާންމު މަޖިލީހަށް 80 އަހަރު ފުރުން ފާހަގަކުރުމުގެ ޚާއްސަ ރަސްމިއްޔާތު ބާއްވާފައިވަނީ، އދ އުފައްދައި، އާންމު މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވި ތަނުގައި، ލަންޑަންގައެވެ.

ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވީ، އދގެ ސަލާމަތީ މަޖިލީހަކީ މިހާރު ދުނިޔެ ތަމްސީލުކުރާ މަޖިލީހެއް ނޫން ކަމަށެވެ.

ގުޓަރޭސް ވިދާޅުވީ، އދގެ ސަލާމަތީ މަޖިލިސް ރިފޯމް ކުރުން ހަމައެކަނި މުހިންމީ ނޫން ކަމަށާއި، އެއީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

ބައެއް ގައުމުތަކުގެ އަމަލުތައް ހުރިގޮތުން ދުނިޔެ މިއަދު ފެންނަނީ އެކަތިގަނޑަކަށް ވުމުގެ ބަދަލުގައި ބައިބައިވުންމާ ދިމާއަށް މިސްރާބު ޖަހާފައިވާތަން ކަމަށްވެސް ގުޓަރޭސް ވިދާޅުވިއެވެ.

ސަލާމަތީ މަޖިލިސް ރިފޯމްކޮށް، އިތުރު ގައުމުތަކަށް ސަލާމަތީ މަޖިލީހުން ފުރުސަތު ދިނުމަކީ، މިހާރު އެ މަޖިލީހުގައި ތިބި ބައެއް ބާރުގަދަ ގައުމުތަކުން ކުރަން ބޭނުންވާ ކަމެއް ނޫނެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، ބާރުތަކުގައި މިއަދު ބަގުޑިބައްދައިގެން ތިބޭ ތިބުމަކީ މާދަމާ ހިތާމަކުރަންޖެހޭ ކަމަކަށް ވެދާނޭ ކަމަށެވެ.

ބީބީސީ ރޭޑިއޯއަށް ދެއްވި އިންޓަރވިއުއެއްގައި ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްވަނީ، ބައިނަލްއަގްވާމީ ގާނޫނުތައް އެއްފަރާތްކޮށް، އެމެރިކާއިން ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން ކަންކަން ކުރާތީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ

އީރާނުގެ ސްކޫލަކަށް އެމެރިކާ ސިފައިން ހަމަލާދިން ކަމެއް ނޭނގޭ ކަމަށް ޓްރަމްޕް އަނެއްކާވެސް ބުނެފި

ގައުމުތަކުން އީރާނަށް ގުޅަންފަށައިފި، ޓްރަމްޕާއި ނަތަންޔާހޫ ގޮތްހުސްވެ އަމާންދޭން އުޅޭކަމުގެ އަޑުތަކެއް

ތުރުކީއަށް ދިންކަމަށް ބުނާ ހަމަލާ ތަހްގީގުކުރަން ބޭނުން، ދޮގުތަކުގެ އަސަރު ގުޅުމަށް ކޮށްގެން ނުވާނެ: އީރާނުގެ ރައީސް