ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަރާޗީ ޝޮޕިންގ މޯލް އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 6 އަށް، އެތައްބަޔަކު އަދިވެސް ނުފެނޭ

ކަރާޗީގެ ގުލް ޕްލާޒާގައި ރޯވެފައިވާ އަލިފާން ނިއްވަން ޓީމުތަކުން މަސައްކަތް ކުރަނީ:
TTH_Ads
STO_Ads
Advertisement

ޕާކިސްތާނުގެ ކަރާޗީގައި ހުރި ޝޮޕިންގ މޯލްއެއްގައި ހިނގި ވަރުގަދަ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 6 އަށް އަރައިފިއެވެ.

މަރުވި މީހުންގެ ތެރޭގައި އަލިފާން ނިއްވަން އުޅުނު ފަޔަރފައިޓަރަކުވެސް ހިމެނެއެވެ.

ކަރާޗީގެ އެމްއޭ ޖަނާހް ރޯޑްގައި އެތައް ފަންގިފިލާއަކަށް ހަދާފައި ހުރި ގުލް ޕްލާޒާގައި އަލިފާން ރޯވެފައިވަނީ ޕާކިސްތާނު ގަޑިން ރޭ 10 ޖެހިއިރުއެވެ.

HajjCop_ads
Advertisement

އަލިފާން ރޯވުމާއެކު، އަލިފާން ނިއްވާ ޓީމުތައް ގޮސް ހަރަކާތްތެރިވާން ފަށާފައި ވެއެވެ.

ނަމަވެސް، އެކަށީގެންވާ ވަރަށް ފެން ނުލިބުމާއި، ޓެކްނިކަލް މައްސަލަތައް ދިމާވުމާއި، ހަރުގަނޑެއް ވެއްޓި އެތައް ފަޔަރފައިޓަރުންނަށް އަނިޔާވުމުގެ ސަބަބުން އަލިފާން ނިއްވުމުގެ މަސައްކަތަށް ހުރަސްތައް ކުރިމަތިވި ކަމަށް ޚަބަރުތައް ބުނެއެވެ.

އަލިފާނުގެ ސަބަބުން 6 މީހުން މަރުވެފައިވާ ކަމަށް މިހާތަނަށް ކަށަވަރު ވެފައި ވާއިރު، ކައިވެނީގެ ހަފްލާއަކަށް ތަކެތި ގަންނަން ދިޔަ އެއް އާއިލާއެއްގެ 6 މެމްބަރުން އަދިވެސް ނުފެންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފިހާރަތަކުގައި ތާށިވެފައި ތިބީ ކިތައް މީހުންކަމެއް އަދިވެސް ސާފު ނުވާކަމަށް ޓީމުތަކުން ބުނެއެވެ.

އަލިފާނުގެ ސަބަބުން 20 މީހުން ޒަޚަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ގުލް ޕްލާޒާ އިމާރާތުގައި ގާތްގަނޑަކަށް 1،200 ފިހާރަ ހުރެއެވެ. އޭގެ ތެރޭގައި ފަސޭހައިން އަލިފާން ހިފާ ޒާތުގެ ސާމާނުވެސް ވިއްކާ ފިހާރަތައްވެސް ހުރެއެވެ.

އެތަނުގައި ރޯވެފައިވާ އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވެއެވެ. އަލިފާން ނުނިވި ގިނައިރު އެނދުމުގެ ސަބަބުން އިމާރާތުން ބައެއް މިހާރު ވެއްޓިފައިވާ ކަމަށް ރެސްކިއު އޮފިޝަލުން ބުނެއެވެ.

އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީއާއި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްވަނީ ތައުޒިޔާ ފޮނުއްވާފައެވެ.

އަދި އަނިޔާވި މީހުންނަށާއި، ގެއްލުންވި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށާއި، އަލިފާނުގެ ހާދިސާތަކުން މީހުންގެ ފުރާނައާއި މުދަލަށް ގެއްލުން ވިޔަނުދިނުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ޕާކިސްތާނުގެ ބޮޑުވަޒީރުވަނީ ކަމާބެހޭ އިދާރާތަކަށް އަމުރު ކުރައްވާފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ ޚާރިޖީ ވަޒީރު އުމާންގައި، “ޚަރަދުބޮޑުކަމުން” އެމެރިކާގެ މަންދޫބުން ޕާކިސްތާނަށް ނުފޮނުވަން ޓްރަމްޕް ނިންމައިފި

ޕާކިސްތާނު ވަރަށް ބިޒީ: އާސިމް ތެހެރާނުގައި، ޝަހްބާޒް ދޯހާގައި، ވާހަކަތައް ފަށާނެ ތާރީޚެއް އަދި ކަނޑަނޭޅޭ

އީރާނު، އެމެރިކާއަށް ބޮލެއް ނުލެނބި، އެންމެން މިހާރު އިންތިޒާރު ކުރަމުންދަނީ ޓްރަމްޕް ހަދާނެގޮތަކަށް

އީރާނާއެކު ބާއްވާ ވާހަކަތަށް އެމެރިކާގެ ނައިބް ރައީސް ޖޭޑީ ވެންސް، އިސްލާމްއާބާދަށް ވަޑައިގެންފި