ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިނަދޫ ސިޓީގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް ކާމިޔާބު ކުރެއްވީ ސައުދު އަލީ

Izaam

އިދިކޮޅު އެމްޑީޕީގެ ފަރާތުން ތިނަދޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވުމުގެ ޓިކެޓް ސައުދު އަލީ ހޯއްދަވައިފިއެވެ.

އިއްޔެ ބޭއްވި ޕްރައިމަރީ ކުޑަ ތަފާތަކުން ސައުދު ވަނީ ކާމިޔާބު ކުރައްވާފައެވެ. ސައުދު އަލީ އަށް 462 ވޯޓު ލިބިވަޑައިގަތްއިރު، އޭނައާ ވާދަކުރެއްވި އަހްމަދު ނަސީރަށް ލިބިވަޑައިގަތީ 418 ވޯޓެވެ.

އަހްމަދު ނަސީރަކީ ތިނަދޫ ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އެ ބޭފުޅުންގެ ތެރެއިން ސައުދު އަލީ އަކީ ކޮރަޕްޝަންގެ އެތައް މައްސަލައެއް އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ބޭފުޅެކެވެ. ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އަންނަނީ އޭނާގެ މައްސަލަތައް ތަހުގީގު ކުރަމުންނެވެ.

ތިނަދޫގެ މޭޔަރު ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަނީ ތިނަދޫގެ އެތައް ރައްޔިތުންގެ ލޯތްބާއި އިހްރިރާމް ލިބިވަޑައިގެންފައިވާ ތައުލީމީ ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކުރައްވަމުން ގެންދަވާ މުހައްމަދު އަޖީބެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންތިހާބަށް 100 މިލިއަން ހޭދަވިޔަސް ބޮޑެއް ނޫން: ރައީސް ޞާލިހު

78

ލޫޓުވައިފި މުޒާހަރާއާ ގުޅިގެން މެންބަރު މައުރޫފާއި އިތުރު ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފި

98

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވަން އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި

HB BJQIboAAlePz

ތިނަދޫ ސިޓީގެ މަގުހެދުމުގެ ތިންވަނަ ފިޔަވަހި އާރުޑީސީއަށް