ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވަން އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި

98
TTH_Ads
Maldivian_Ads
STO_Ads
Advertisement

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓު ގާނޫނާ ހިލާފު ކަމަށް ބުނެ، އެކަން ހުއްޓުވައި ދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އިދިކޮޅު އެމްޑީޕީގެ ފަރާތުން މިއަދު ހައިކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

އެ މައްސަލާގައި ވަގުތީ އަމުރަކަށް ވެސް އެ ޕާޓީން އެދިފައިވެއެވެ. ވަގުތީ އަމުރަކަށް އެދުނު ސަބަބަކީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުން ލާޒިމުކުރާ ފަދަ މައުލޫމާތު ކަރުދާހެއް، ރައީސުލްޖުމްހޫރިއްޔާގެ ގަރާރާއެކު ހިމަނައިފައި ނުވާތީ، އަދި އޭގެ ފަހުންވެސް އެ ކަންކަން ތަފްސީލުކޮށްދީފައިނުވާތީ، އެ ގާނޫނުގެ 26 ވަނަ މާއްދާއިން އެމްޑީޕީއަށް ލިބިދޭ ކެމްޕޭންކުރުމުގެ ހައްގު ހަނިވާތީ ކަމަށް އެ ޕާޓީން ބުނެއެވެ.

މީގެއިތުރުން ރައްޔިތުންގެ ހިޔާލާއި ފިކުރު މިނިވަންކަމާއެކު ބައްޓަންކުރުމަށް ޖާގަ ދިނުމަށް އެ ޕާޓީން ކުރަންޖެހޭ މަސައްކަތް އެކަށީގެންވާ ގޮތުގައި ކުރެވޭނެ ގޮތެއް ނެތް ކަމަށް އެމްޑީޕީން ބުންޏެވެ.

HajjCop_ads
Advertisement

ނަމަވެސް މި ވޯޓު ނަގާ ސަބަބު ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.

ރެފަރެންޑަމް ވޯޓު ގާނޫނާ ހިލާފު ކަމަށް އެމްޑީޕީން ދެކޭ ސަބަބުތައް

  • ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 10 ވަނަ މާއްދާއިން ލާޒިމުކުރާ ފަދަ މައުލޫމާތު ކަރުދާހެއް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރާއެކު ހިމަނާފައި ނެތުން.
  • ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 26 ވަނަ މާއްދާއިން ލިބިދޭ ކެމްޕޭން ކުރުމުގެ ހައްގު ހަނިވުން.
  • ގާނޫނުއަސާސީގެ 29 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ، މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަމަށް އުނިކަން އަންނަކަން.
  • ގާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ، އިންތިހާބުތަކުގައްޔާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ހައްގަށް އުނިކަން އަންނަކަން.
  • ގާނޫނުއަސާސީގެ 18 ވަނަ މާއްދާއިން، ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރުމާއި، ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމަށް ކަނޑައަޅައި ބަޔާންކޮށްފައި އޮތުމާއެކު، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އެ ވާޖިބު އަދާކުރުމުގައި އިހުމާލުވެވަޑައިގެންފައިވާކަން.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HR1YROoaUAAYTo6

އެމްޑީޕީގެ ކޮންގްރެސް އަންނަ މަހަށް ފަސްކޮށްފި

Saeed

އެމްޑީޕީގެ ނައިބު ރައީސްކަމުން ހިސާން އިސްތިއުފާ ދެއްވައިފި

Saeed

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އަހުމަދު އަބްދުﷲ އިސްތިއުފާދެއްވައިފި

ibrahim mohamed solih

ރައީސް ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ