ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަހަރުގެ ފުރަތަމަ ކްރޫޒް ލައިނާ ރާއްޖެއަށް 970 މީހުން

މި އަހަރުގެ ފުރަތަމަ ކްރޫޒް ލައިނާ ރާއްޖެއަށް އައިސްފައިވާއިރު އެ ކްރޫޒް ލައިނާގައި ރާއްޖެއަށް އައި 970 މީހަކަށް މޯލްޑިވްސް އިމިގްރޭޝަންއިން ކްލިއަރޭންސް ހިދުމަތް ފޯރުކޮށްދީފިއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި މި ކްރޫޒްލައިނާ ރާއްޖެއަށް އައީ ހިނގަމުންދާ ޖަނަވަރީ މަހުގެ 12 ވަނައަށްވީ ހޯމަދުވަހުއެވެ. މި ކްރޫޒް ލައިނާއަކީ އެމްއެސް ކްރިސްޓަލް ސިމްފަނީއެވެ. އެ ކްރޫޒް ލައިނާ ރާއްޖެއަށް އަައީ ސީޝެލްސްގައި ބަނދަރުކުރުމަށްފަހު އެ ގައުމުންނެވެ.

އެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި މްއެސް ކްރިސްޓަލް ސިމްފަނީގައި 479 ފަސިންޖަރުންނާއި 491 ފަތުރުވެރިން ދަތުރުކުރިއެވެ. ޖުމްލަ 970 މީހަކު މި ކްރޫޒް ލައިނާގައި ރާއްޖެއަށް އައިސްފައިވާއިރު، އެ އެންމެނަށް އިމިގްރޭޝަނުންވަނީ ކްލިއަރޭންސްގެ ހިދުމަތް ފޯރުކޮށްދީފައެވެ.

ރާއްޖެއަށް މި އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ އައިސްފައިވާއިރު ކުރީ ސަރުކާރުގައި ކްރޫޒް ލައިނާތަކާ ގުޅޭ ގަވާއިދުތަކާއި އުސޫލުތަކަށް ގެނައި ބައެއް ބަދަލުތަކުގެ ސަބަބުން ކްރޫޒް ލައިނާތައް ރާއްޖެެއަށް އައުން މެދުކެނޑިފައިވަނިކޮށް، އެ އުސޫލުތައް ބަދަލުކުރީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުންނެވެ.

އެ އުސޫލުތަކަށް ސަރުކާރުން ގެނައި ބަދަލާއެކު އަލުން ކްރޫޒް ލައިނާތައް އަންނަން ފެށީ 2024 ވަނަ އަހަރުގެ މެދު ތެރޭގައެވެ. އަދި 2025 ވަނަ އަހަރުގެ ފުރަަތަމަ ކުއާޓާގައި އައި ކްރޫޒް ލައިނާތަކާއި، އެ އުޅަނދުފަހަރުގައި އައި ފަތުރުވެރިންގެ އަދަދު ކުރީ އަހަރަށްވުރެ ވަރަށް ބޮޑަށް އިތުރުވިއެވެ.

ކްރޫޒް ލައިނާތަކުގައި އަންނަ ފަތުރުވެރިންނަކީ ޓުއާ ގައިޑުންނާއި މާލޭގައި ހިންގާ ސުވެނިއާ ފިހާރަތަކަށް އާމްދަނީ ލިބޭ މުހިއްމު އެއް ސެގްމެންޓަށްވާއިރު އެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކޮށް، އެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Tourists

މިއަހަރުގެ ފުރަތަމަ ދެމަސްދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ބައި މިލިއަނުން މައްޗަށް

އަންނަ އަހަރުގެ އައިޓީބީ ބާލިންގެ “ހޯސްޓް ކަންޓްރީ” އަކަށް ރާއްޖެ ހަމަޖައްސައިފި

އުލިގަމު ޔޮޓް މެރީނާ ތަރައްޤީކުރަން ހުޅުވާލައިފި

B fulhadhoo

ފުޅަދޫގައި އާންމު މިންގަނޑުން ބޭރުން ފަތުރުވެރިން ހެދުން އަޅައިގެން އުޅޭނަމަ ގެސްޓްހައުސްތައް ޖޫރިމަނާކުރަނީ