ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނަށް ހަމަލާ ދިނުމަށް އެމެރިކާގެ ރައީސް ދެމުންގެންދިޔަ އިންޒާރުތަކުގެ ރާގު ބަދަލުވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
STO_Ads
TTH_Ads
Maldivian_Ads
Advertisement

އީރާނަށް އަސްކަރީ ހަމަލާ ދިނުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެމުންގެންދިޔަ އިންޒާރުތަކުގެ ރާގު ބަދަލުވެއްޖެއެވެ.

ވައިޓް ހައުސްގައި ވާހަކަ ދައްކަމުން އެމެރިކާގެ ރައީސް ބުނީ، އީރާނުގައި މުޒާހަރާކުރާ މީހުން މެރުން ހުއްޓެމުންދާ ކަމަށް އޭނާއަށް މައުލޫމާތު ލިބެމުންދާ ކަމަށެވެ.

މީގެ މާނައަކީ، އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާ ނުދިނުންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ޓްރަމްޕް ބުނީ، ވޮޝިންޓަރުން “ބަލަން ތިބޭނޭ” ކަމަށެވެ.

HajjCop_ads
Advertisement

މުޒާހަރާ ކުރާ މީހުން މަރާނަމަ އީރާނަށް އަސްކަރީ ހަމަލާ ދޭނޭ ކަމަށް އެމެރިކާގެ ރައީސް މީގެކުރިން އެތައް ފަހަރަކު އިންޒާރުތައް ކޮށްފައި ވެއެވެ. ހަމަ އެގޮތަށް ދެކޮޅަށްވެސް ވާހަކަ ދައްކާފައި ވެއެވެ.

އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާ ދޭން އުޅޭކަމަށް ބެލެވިގެން އީރާނުން ވަނީ ރައްދު ދިނުމަށް ވަރަށް ވަރުގަދައަށް ތައްޔާރު ވެފައެވެ.

އީރާނުން މިހާރުވަނީ އެ ގައުމުގެ ވައިގެ ސަރަހައްދުވެސް މަތިންދާ ބޯޓުތަކަށް ބަންދުކޮށްފައެވެ.

އެމެރިކާއިން ހަމަލާ ދީފިނަމަ ސަރަހައްދުގައި ހުރި އެމެރިކާގެ ތަންތަނަށާއި، އަދި އިސްރާއީލަށް ރައްދު ހަމަލާތައް ދޭނޭ ކަމަށާއި، ހަމަލާތައް އަމާޒު ކުރާނެ ތަންތަންވެސް މިހާރު ކަނޑައެޅި ނިމިފައިވާ ކަމަށް އީރާނުން ބުނެފައި ވެއެވެ.

އީރާނުން ރައްދު ހަމަލާތައް އަމާޒުކުރާނެކަން ކަށަވަރު ވެފައިވާ އެއް ތަނަކީ، މެދުއިރުމަތީގައި ގާއިމްކޮށްފައިވާ އެމެރިކާގެ އެންމެބޮޑު އަސްކަރީ ބޭސް ކަމަށްވާ ގަތަރުގައި އޮންނަ އަލް އުދެއިބް ބޭސްއެވެ.

އެ ބޭސްގައި އެމެރިކާގެ 10،000 ސިފައިން ތިބެއެވެ. އަދި ސަރަހައްދުގައި ބޭނުންކުރާ އެމެރިކާ ސިފައިންގެ ގިނަ ހަތިޔާރުތަކާއި މަތިންދާ ބޯޓުތައްވެސް ހުންނަނީ އެތާނގައެވެ.

މިދިޔަ އަހަރުގެ ޖޫންމަހުވެސް އީރާނުންވަނީ، އެމެރިކާއަށް މުހުލަތު ދިނުމަށްފަހު އެ ބޭސްއަށް މިސައިލް ހަމަލާދީ އެމީހުންގެ ގާބިލްކަން ދައްކާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އީރާނުގެ އިންޒާރުތަކާއި، ދީފާނޭ ގެއްލުންތައް ނޭނގޭތީ، މި ދަނޑިވަޅުގައި އީރާނާއެކު ކުރިމަތިލުމަށް ދިއުމަށް އެމެރިކާގެ ރައީސް ބޭނުން ނުވަނީއެވެ.

އެކަމަކު، ޒަޔަނިސްޓު ދައުލަތާއި، އެމެރިކާގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ޒަޔަނިސްޓުންގެ ވާގިވެރިން ގެންދަނީ އީރާނަށް ވަރުގަދައަށް ހަމަލާދިނުމަށް ޓްރަމްޕަށް ފިއްތަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އދގެ އާންމު މަޖިލީހުގައި ޗައިނާގެ ނުސީދާ ބަހުގެ ހަމަލާތައް އެމެރިކާއަށް

އީރާނުގެ ހުށަހެޅުމަށް ޓްރަމްޕް ހެދީ ދެކޮޅު، އީރާނު މިހާރުއޮތީ ދެން އަޅާނެ ފިޔަވަޅަކަށް ބަލަން

ޓްރަމްޕް ޗައިނާގެ ރައީސަށް: ޗައިނާއިން އީރާނަށް އެހީވުން ބަލައިނުގަނެވޭނެ

އެމެރިކާއިން ކިތަންމެ ޕްރެޝަރެއް ކުރިޔަސް އީރާނުން ބޮލެއް ނުލަނބާނެ: އީރާނުގެ ރައީސް