ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހެޔޮލަފާ ދަރިން ދެއްވުން އެދި ދުޢާ ކުރުމުގެ މުހިންމު: ޚުތުބާ

hukuru khuthuba

ހެޔޮލަފާ ދަރިން ދެއްވުން އެދި ދުޢާ ކުރުމާއި އެކު ފިރިހެން ދަރިންގެ ހިތުގައި މިސްކިތުގައި ނަމާދު ޤާއިމް ކުރުމަށް ލޯބިޖެއްސުމަށް، އެކަމުގައި ހުރި ދަރުމަޔާއި ޘަވާބުގެ ވާހަކަތައް ކިޔައިދިނުން މުހިންމު ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މަޢުޟޫއަކީ، “ކުޑަކުދިން މިސްކިތައް އަހުލުވެރި ކުރުވުން” މި މަޢުޟޫއެވެ.

ހުކުރު ޚުތުބާގައި ވިދާޅުވީ، ތިބާގެ ދަރިން މި މަތިވެރި ވާޖިބަށާއި ފިރިހެން ދަރީން މިސްކިތުގައި ނަމާދު ޤާއިމް ކުރުމަށް ލޯބިޖެއްސުމަށްޓަކައި އެކަމުގައި ހުރި ދަރުމަޔާއި ޘަވާބުގެ ވާހަކަތައް ކިޔައިދިނުން މުހިންމު ކަމަށެވެ. އަދި މި މަތިވެރި ވާޖިބަށް ތިބާގެ ދަރީންގެ ހިތުގައި ލޯބިޖައްސުވައި، ނަމާދަށް ރައްކާތެރިވާ ބަޔެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމުގައި އިޚުމާލުވެއްޖެނަމަ ދިރިއުޅުމުގެ އުފާވެރިކަން ގެއްލި، އާޚިރަތުގައި ބޮޑުވެގެންވާ ހިތާމަ ނޫނީ ނުލިބޭނެ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

ދަރީންނަކީ ނަމާދަށް ފަރުވާތެރި ބަޔަކަށް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ހުކުރު ޚުތުބާގައި ވިދާޅުވީ، ނަމާދުގެ ވަގުތުތަކަށް ސަމާލުކަން ދިނުމެއްނެތި ކުޅިވަރު ހަރަކާތްތަކާއި، ތަފާތު ޕްރޮގްރާމްތައް އެކިއެކި މުއައްސަސާތަކުން ރާވައި، ނަމާދު ވަގުތު ފާއިތުވެދާއިރުވެސް އަހަރެމެންގެ ދަރީންނާއި ޒުވާނުން އެކަމުގެ ތެރޭގައި މަޝްޢޫލު ކުރުވާކަމީ މިހާރު ޢާންމު ކަމެއް ކަމަށެވެ.

އަދި ހިތާމައަކީ ނަމާދަށް ބަންގި ގޮވާއިރު، މައިންބަފައިންވެސް ދަރީންގެ އަތުގައި ހިފައިގެން ގޮސް މިސްކިތާ ކައިރީގައި އޮންނަ ކުޅިވަރު މައިދާންތަކަށް ދޫކޮށްލާ މަންޒަރު ފެންނަމުން ދިއުން ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

ކީރިތި މާތް ނަބިއްޔާ ހަދީޡު ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “އެކަނިހުރެ ކުރާ ނަމާދަށްވުރެ ޖަމާޢަތުގައި ކުރާ ނަމާދުގެ ޘަވާބާއި ދަރުމަ ހަތާވީސް ގުނަ އިތުރު ވެގެންދެއެވެ”. ޚުތުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުތުބާގައިވަނީ، ހެޔޮލަފާ ދަރިން ދެއްވުން އެދި ދުޢާ ކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އަދި އަޅަމެންގެ ދަރިންނަކީ ނަމާދަށް ފަރުވާތެރި، މިސްކިތަށް ލޯބި ކުރާ ބަޔަކު ކަމުގައި ލެއްވުން އެދި ދުޢާ ދަންނަވާފައެވެ.

ހުކުރު ޚުތުބާގައި ވިދާޅުވީ، ތިބާގެ ދަރިންނަކީ ނަމާދަށް ލޯބި ކުރާ ދަރީންތަކެއް ކަމުގައި ހެދުމަށްޓަކައި އަޅަންޖެހޭ ފުރަތަމަ ބިންގަލަކީ، އެ ދަރީންގެ މައިންގެ ގޮތުގައި ދީންވެރި ތަޤުވާވެރި މައިން އިޙުތިޔާރު ކުރުން ކަމަށެވެ.

މިއަދުގެ ހުކުރު ޚުތުބާ ނިންމަވާލެއްވީ މި ހިނގާ ރަޖަބުމަހު، ސަވާބާއި ދަރުމަ ހޯދުމަށްޓަކައި ހެޔޮ ކަންތައްތައް އިތުރުކޮށް ނުބައި ކަންތަކުން ދުރުވެ ގަތުމަށް ގޮވާލައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

khuthubaa hukuru

އަމިއްލަ ނަފުސަށް އެދޭ ހެޔޮ ކަން ތިމާގެ އަހުލުންނަށް އެދުމަކީ ނުހަނު ބާރުއަޅުއްވައިފައިވާ ކަމެއް: ޚުޠުބާ

hukuru khuthuba

ރަމަޟާންމަހަކީ، ކަންނެތްކަން އިޚުތިޔާރުކޮށް، ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫން: ޚުޠުބާ

hukuru khuthuba

ތައުބާވުމަކީ ތަޤުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނޭ ކަމެއް: ޚުތުބާ

mosque , miskih, khuthuba

ރަމަޟާންމަހު ނަމާދަށް ވަގުތު ހުސްކުރޭ: ޚުޠުބާ