ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަސްކަރީ ބާރުގެ ބޭނުންކޮށްގެންވެސް ގްރީންލޭންޑް އެމެރިކާގެ ބާރުގެދަށަށް ގެނައުމަށް ޓްރަމްޕް ތައްޔާރު: ވައިޓްހައުސް

އެމެރިކާގެ ބާރުގެ ދަށަށް ގްރީންލޭންޑް ގެނައުމަށްޓަކައި އަސްކަރީ ބާރުގެ ބޭނުން ކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރާނޭ ކަމަށް، އެމެރިކާ ސަރުކާރުން ބުނެފިއެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ބުނީ، ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް  ގެނައުމަކީ އެމެރިކާގެ ގައުމީ ސަލާމަތަށްޓަކައި އިސްކަންދޭ ކަމެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޭ ކަމަށެވެ.

އަދި އެކަން ކުރުމަށްޓަކައި އަސްކަރީ ބާރުގެ ބޭނުން ކުރުމަކީ އިޚްތިޔާރުގައި އޮތް ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.

ކެރޮލައިން ލެވިޓް ބުނީ، ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެނެސް، އެމެރިކާ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މި ލަނޑުދަނޑި ހާސިލް ކުރާނެ ގޮތަކާ ގުޅޭގޮތުން ރައީސް ޓްރަމްޕާއި، އޭނާގެ ޓީމުން ވަރަށް ފުންކޮށް މަޝްވަރާތައް ކުރަމުން ގެންދާ ކަމަށެވެ.

އަސްކަރީ ބާރުގެ ބޭނުން ކުރުމަކީ ކޮމާންޑަރ އިން ޗީފަށް ލިބިދޭ ބާރެއް ކަމަށްވެސް ވައިޓް ހައުސްގެ ތަރުޖަމާނު ބުނެފައި ވެއެވެ.

އާރޓިކް ކަނޑުގައި އޮންނަ ގްރީންލޭންޑް މިހާރު އޮނަނީ ޑެންމާކްގެ ދަށުގައެވެ.

ޑެންމާކް އަތުން ގްރީންލޭންޑް އަތުލައިގަތުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތައް ޑެންމާކުން ވަރަށް ބޮޑަށް ކުށްވެރި ކުރަމުންދާއިރު، ޔޫރަޕްގެ ގައުމުތައް ކަމަށްވާ ފްރާންސް، ޖަރުމަނީ، އިޓަލީ، ސްޕެއިން، ޕޯލެންޑް އަދި ޔޫކޭއިންވެސް ވަނީ އެމެރިކާގެ ރައީސްގެ އިންޒާރުތައް ކުށްވެރި ކޮށްފައެވެ.

އަދި އދގެ ޗާޓަރުގައި އުސޫލުތަކަށް އިހްތިރާމް ކުރުމަށްވެސް އެ ގައުމުތަކުން އެމެރިކާގެ ރައީސަށް ގޮވާލާފައި ވެއެވެ.

ގްރީންލޭންޑްގެ މުސްތަގްބަލާ ގުޅޭގޮތުން ގޮތްކިޔާނީ ގްރީންލޭންޑްގެ ރައްޔިތުންނާއި، ޑެންމާކުން ކަމަށާއި، އެއީ ޔޫރަޕް ކަމަށާއި، ޔޫރަޕްގެ ކަންކަމުގެ ތެރެއަށް އެމެރިކާ ވަދެގެން ނުވާނޭ ކަމަށްވެސް އެ ގައުމުތަކުންވަނީ ބުނެފައެވެ.

ޑެންމާކްގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ، އެމެރިކާއިން ގްރީންލޭންޑަށް ހަމަލާއެއް ދޭ ހިސާބުން ނޭޓޯގެ ނިމުން އައީ ކަމަށެވެ. ނެޓޯއަކީ ޔޫރަޕްގެ ގައުމުތަކުގެ މިނިވަންކަމާއި އިސްތިގްލާލަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ އެކަމާ ދެކޮޅަށް ހަރަކާތްތެރިވުމަށް އުފައްދާފައިވާ އަސްކަރީ ޖަމާއަތެކެވެ.

ހަގީގަތަކީ، އެމެރިކާގެ އެހީތެރިކަން ނެތްނަމަ ނޭޓޯއަކީ އެއްވެސް ބާރެއް ނޫންކަމެވެ. އެމެރިކާ ވަކިވެއްޖެނަމަ ނޭޓޯގައި ހަތިޔާރެއް ނުހުންނާނެއެވެ. މެމްބަރު ގައުމެއް ދިފާއު ކުރުމުގެ އެއްވެސް ބާރެއް ނޭޓޯގައި ނުހުންނާނެއެވެ.

އދގެ ނިޒާމުތަކުގެ ބޭރުން ގައުމުތަކަށް ހަމަލާދިނުމާއި، ރަށްތައް ހިފުމާއި، ޖަރީމާތައް ހިންގުމުގައި އެމެރިކާއަށް މިހާތަނަށް އެންމެ ބޮޑަށް ވާގިވެރިވީ ޔޫރަޕުންނެވެ. އެމެރިކާއިން ކުރާ އެއްވެސް ކަމެއް ގޯސްނުކޮށް، ކުށްވެރި ނުކޮށް ތިބީ ޔޫރަޕުންނެވެ. އެންމެ ކުޑަމިނުން ވެނެޒުއެލާއަށް ހަމަލާދީ އެގައުމުގެ ރައީސް ކިޑްނެޕް ކޮށްގެން ގެންދިއުމުންވެސް ޔޫރަޕުން އެކަން ކުށްވެރިއެއް ނުކުރިއެވެ.

އެންމެފަހުން ގްރީންލޭންޑާ ޖެހުނީމާ އީޔޫއިން ދައްކަނީ، އދގެ ޗާޓަރެއްގެ ވާހަކައާއި، މިނިވަންކަމާއި އިސްތިގްލާލެއްގެ ވާހަކައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ

އީރާނުގެ ސްކޫލަކަށް އެމެރިކާ ސިފައިން ހަމަލާދިން ކަމެއް ނޭނގޭ ކަމަށް ޓްރަމްޕް އަނެއްކާވެސް ބުނެފި

ގައުމުތަކުން އީރާނަށް ގުޅަންފަށައިފި، ޓްރަމްޕާއި ނަތަންޔާހޫ ގޮތްހުސްވެ އަމާންދޭން އުޅޭކަމުގެ އަޑުތަކެއް

ތުރުކީއަށް ދިންކަމަށް ބުނާ ހަމަލާ ތަހްގީގުކުރަން ބޭނުން، ދޮގުތަކުގެ އަސަރު ގުޅުމަށް ކޮށްގެން ނުވާނެ: އީރާނުގެ ރައީސް