ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގައި ކެންސަރު ބަލި ގިނަވާ ސަބަބު ހޯދަން ދިރާސާއެއް ހެދިފައެއް ނެތް: ނާޒިމް

Image 20
TTH_Ads
STO_Ads

ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު ގިނަވާ ސަބަބު އަދި ނުހޯދޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ، ބަލިޖެހޭ މީހުންގެ އަދަދު ގިނަވާ ސަބަބު ދެނެގަންނަން ދިރާސާއެއް ކުރެވިފައިނުވާ ކަމަށެވެ.

“އެކަމަކު އެނގެން ނެތް ކަމަކީ ކެންސަރުގެ ވަރަށް ގިނަ ވައްތަރުތައް، އެއީ އެކި ގޮތްގޮތަށް ޖެހޭ ބައްޔަކަށް ވުމާ އެކު ވަކި މިވެނި ސަބަބަކާހެދިއޭ މިހެން ޖެހެނީ، އެއީ އަޅުގަނޑުމެންނަށް ހެދިފައި އޮތް ސްޓަޑީއެއް ނޫން. އަދި އެނގެން އޮތް ކަމެއް ވެސް ނޫން،” ނާޒިމް ވިދާޅުވިއެވެ.

Maldivian_Ads

ހެލްތު މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އެންމެ އާންމު ކެންސަރުގެ ވައްތަރަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ކެންސަރު ކަމަށެވެ. އަދި މި ސަރުކާރުން ދުންފަތަށް އެޅި ފިޔަވަޅުގެ ސަބަބުން މުސްތަގުބަލުގައި އެކަމަށް ހައްލު ލިބޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ސަރުކާރުން މިހާރު ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ ސިޒެޝަން ކްލިނިކްތައް ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށް ފަރުވާދޭ ކްލިނިކްތައް މުޅި ރާއްޖޭގައި ފުޅާކުރުމުގެ މަސައްކަތް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން މިތާނަށް ކުރި މަސައްކަރުން ރާއްޖޭގެ ކޮންމެ ރަށަކުން ވެސް އެ ހިދުމަތް މިހާރު ލިބޭނެ ކަމަށް މިނިސްޓަރޔ ވިދާޅުވިއެވެ.

މީގެއިތުރުން ދުންފަތް ހުއްޓުމަށް ބޭނުންވާ ގަމް ޕެޗް އާސަންދަ ނިޒާމުގެ ތެރެއިން ލިބޭނެ ގޮތް ހަމަޖައްސާފައިވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

އާބާދީ މަދު ރަށްރަށުގެ ސިއްހީ ޚިދުމަތް ވެސް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން: ނާޒިމް

ގައުމަށް ހިދުމަތް ކުރުމުގެ ވިސްނުމެއް އިދިކޮޅު ފަރާތްތަކުން ނުގެންގުޅޭ: ނާޒިމް

Mussss

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކޮށް ރަށްރަށް ފޮނުވަން ފަށައިފި

WhatsApp Image 2026 03 05 at 13.42.57

ރާއްޖޭގައި ޝީޝާ މަނާކުރަން ދަނީ މަޝްވަރާކުރަމުން: ނާޒިމް