ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއްބަސްވުމުގެ މާނައެއް ނެތް، އިސްތިއުމާރީ ބާރުން ޣައްޒާއަށް ކޮންމެ ދުވަހަކު ހަމަލާތައް ދެނީ

ޣައްޒާގެ މިހާރުގެ ހާލަތު:
STO_Ads
TTH_Ads
Advertisement

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމެއް ވެފައިވީނަމަވެސް، އިސްތިއުމާރީ އިސްރާއީލުން ކެނޑިނޭޅި ކޮންމެ ދުވަހަކު ޣައްޒާއަށް އުދުވާނީ ހަމަލާތައް ދެމުން ގެންދާ ކަމަށް، ޣައްޒާ މީޑިއާ އޮފީހުން ބުނެފިއެވެ.

ދޭތެރެ ދޭތެރެއިން ޣައްޒާގެ އެކި ހިސާބުތަކަށް ވައިގެ ހަމަލާތައް ދިނުމުގެ އިތުރުން، ބޮޑުބަޑީގެ ހަމަލާތައް ދިނުމާއި، ގެދޮރު ގެއްލި މަގުމަތިވެފައިވާ މީހުން ދިރިއުޅޭ ޓެންޓުތަކަށް ބަޑިޖެހުމާއި، ގޮވާތަކެތި ހަރުކޮށް ތަންތަން ގޮއްވުމާއި، ޣައްޒާގެ ކަނޑުގެ ސަރަހައްދަށް މަހަށް ނުކުންނަ މަސްވެރިންގެ ގަޔަށް ކޮންމެ ދުވަހަކު ބަޑިހަމުން ގެންދާ ކަމަށް، ޣައްޒާގެ މީޑިއާ އޮފީހުން ބުނެއެވެ.

ޣައްޒާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތުން ބުނެފައިވަނީ، ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އަމަލުކުރަން ފެށިފަހުން އެކަނިވެސް އިސްތިއުމާރީ ސިފައިން ހަމަލާދީ ޣައްޒާއިން މިހާތަނަށް 420 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

އެ މުއްދަތުގެ ތެރޭގައި ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 11،000 އިން މައްޗަށް ގޮސްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެއްބަސްވުމާ ޚިލާފްވެ ޣައްޒާއަށް ހަމަލާތައް ދެމުން ގެންދާއިރު، އިސްތިއުމާރީ ބާރުން އަދިވެސް ގެންދަނީ ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން ހުރަސް އަޅަމުންނެވެ.

އެހީ އެތެރެކުރާ ދޮރާށިތައް ބަންދުކޮށް، ޣައްޒާގެ ރައްޔިތުން ބަނޑަށްޖެއްސުމުގެ ޖަރީމާ ހުއްޓާނުލާ ކުރިއަށް ގެންދާއިރު، ޣައްޒާ ތެރޭގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އެތައް ޖަމާއަތެއް މިހާރުވަނީ ޣައްޒާއިން ބޭރުކޮށްލާފައެވެ.

ޣައްޒާގެ އެތައްލައްކަ އާއިލާއެއް، ވަގުތީ ހިޔާތަކުގައި ދިރިއުޅެމުން ގެންދާއިރު، ކާނޭއެއްޗެއް، ބޯނޭ ފެންފޮދެއްހާ މިންވަރުވެސް ލިބޭނޭ ގޮތެއް ނެތި އުޅެމުންދަނީ ވަރަށް ނިކަމެތި ހާލުގައެވެ.

ނުވިތާކަށް، މޫސުމީ ވިއްސާރައާއި، ގަދަފިނިން ސަލާމަތްވުމަށް ބޭނުންވާ މޮބައިލް ގެތަކާއި، ޓެންޓުތަކާއި، އެނޫންވެސް ސާމާނު އެތެރެކުރަން ޓެރަރިސްޓުން ގެންދަނީ ހުރަސް އަޅަމުންނެވެ.

މީގެއިތުރުން، ޣައްޒާގެ ބައެއް ހިސާބުތަކުން އިސްތިއުމާރީ ސިފައިން ފައިބަން އެއްބަސްވުމުގައި ކަނޑައަޅާފައި ވީނަމަވެސް، އެކަން ކުރުމަށްވެސް އިސްރާއީލުން ގެންދަނީ ދެކޮޅު ހަދަމުންނެވެ.

މިކަމާހެދި، ގެދޮރު ދޫކޮށްދިޔަ އެތައްހާސް އާއިލާއަކަށް އަދިވެސް އެނބުރި އެމީހުންގެ ގެދޮރަށް އާދެވިފައެއް ނުވެއެވެ.

އިސްތިއުމާރީ ޓެރަރިސްޓު ދައުލަތުގެ އަމަލުތައް ހުރިގޮތުން، ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމުގެ އެއްވެސް މާނައެއް ނެތެވެ. ޣައްޒާގެ ރައްޔިތުންގެ ހާލަތަކަށް ބަދަލެއް ނާދެއެވެ.

އިސްތިއުމާރީ ބާރުން ޣައްޒާގައި ހިންގާ ނަސްލުނައްތާލުމާއި، ބަނޑަށްޖެއްސުމުގެ ޖަރީމާއަށް ވާގިވެރިވާ އެމެރިކާއާއި، ހުޅަނގުގެ ގައުމުތަކަށް، އިސްރާއީލުގެ އަމަލުތައް މައްސަލައަކަށް ނުވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބައިތު ޔަހޫންއަށް ވަދެގަންނަން އުޅުނު އިސްރާއީލު ސިފައިންގެ އެކަކު މަރާލައި އެތައްބަޔަކު ޒަޚަމްކޮށްލައިފި

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު

އީރާނުން ހޮރްމޫޒު ކަނޑުއޮޅި ބަންދުކޮށް، އެއްވެސް އުޅަނދެއް ކަނޑުއޮޅިއާ ގާތްނުވާން އަންގައިފި

ލުބުނާނުގެ ދެކުނުގައި ހަނގުރާމަ ވަރަށް ވަރުގަދަ ވެއްޖެ، އިސްތިއުމާރީ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް