ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރެއް ގާއިމް ކުރެވެންދެން ވެނެޒުއޭނާގެ ހިންގުން އެމެރިކާއިން ބަލަހައްޓާނެ: ޓްރަމްޕް

ވެނެޒުއޭލާގައި ރައްކާތެރި ވެރިކަމެއް ގާއިމްވަންދެން އެގައުމުގެ ވެރިކަން ބަލަހައްޓާނީ އެމެރިކާއިން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އަސްކަރިއްޔާ ވެނެޒުއޭލާއަށް ވަދެ ރައީސް ނިކޮލަސް މަޑޫރޯއާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށްފައިވާއިރު، މަޑޫރޯ އެމެރިކާ ސިފައިންގެ ބެލުމުގައި ހުރި ފޮޓޯއެއް ޓްރަމްޕު މިރޭ ވަނީ އާންމުކުރައްވާފައެވެ.

ވެނެޒުއޭލާގެ ހާލަތާއިބެހޭ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރަމްޕު ވިދާޅުވީ ރަނގަޅު ޓްރާންސިޝަނެއް ލިބެންދެން ވެނެޒުއޭލާ ހިންގާނީ އެމެރިކާއިން ކަމަށެވެ. އެގައުމުގެ ވެރިކަން ހިންގުމުގައި އަމަލީގޮތުން ހަރަކާތްތެރިވަނީ ފޮރިން ސެކްރެޓަރީ މާކޯ ރޫބިއޯއާއި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް ކަމުގެ އިޝާރާތެއްވެސް ޓްރަމްޕު ދެއްވިއެވެ.

ޓްރަމްޕު ވަނީ މަޑޫރޯ އެމެރިކާއަށް މަސްތުވާތަކެތި ވެއްދުމަށް އެހީތެރިވަމުންދާކަމަށް ތުހުމަތުކުރައްވާފައެވެ. ނަމަވެސް މަޑޫރޯ ތުހުމަތުކުރައްވަނީ ޓްރަމްޕު އެގައުމުގެ ތެލުގެ ރިޒާވްގެ ކޮންޓްރޯލް ނެގުމަށް މަސައްކަތްކުރައްވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ

އީރާނުގެ ސްކޫލަކަށް އެމެރިކާ ސިފައިން ހަމަލާދިން ކަމެއް ނޭނގޭ ކަމަށް ޓްރަމްޕް އަނެއްކާވެސް ބުނެފި

ގައުމުތަކުން އީރާނަށް ގުޅަންފަށައިފި، ޓްރަމްޕާއި ނަތަންޔާހޫ ގޮތްހުސްވެ އަމާންދޭން އުޅޭކަމުގެ އަޑުތަކެއް

ތުރުކީއަށް ދިންކަމަށް ބުނާ ހަމަލާ ތަހްގީގުކުރަން ބޭނުން، ދޮގުތަކުގެ އަސަރު ގުޅުމަށް ކޮށްގެން ނުވާނެ: އީރާނުގެ ރައީސް