ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އެމެރިކާގެ ޑިޓެންޝަންގައި އިން ފޮޓޯ އާންމު ކޮށްފި

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވަގަށް ނަގައިގެން ގެންގޮސްފައިވާ ކަމަށް ބުނާ މަންޒަރުތައް ފެންނަ ފޮޓޯތަކެއް އެމެރިކާގެ އިދާރާތަކުން އާންމުކޮށްފިއެވެ. އާންމުކުރި ފޮޓޯތަކުން ހަތިޔާރު އެޅި ބަޔަކު ރައީސް މަޑޫރޯ ހައްޔަރުކޮށްގެން ގައުމުން ބޭރަށް ގެންދާ މަންޒަރު ފެނިގެންދެއެވެ.

އެމެރިކާއިން މިހެން ބުނަމުން ދާއިރު، ވެނެޒުއޭލާއިން ބުނެފައިވަނީ އެ ގައުމުގެ ރައީސަކަށް އަދިވެސް ހުންނެވީ މަޑޫރޯ ކަމުގައެވެ. މި މައްސަލައާ އެކު އެމެރިކާއިން ވަނީ ވެނެޒުއޭލާގެ މުހިންމު ސަރަހައްދުތަކަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފައެވެ. އެމެރިކާއިން ބުނާ ގޮތުގައި މިއީ އެ ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމަށާއި ވެނެޒުއޭލާގައި ހަމަޖެހުން ގާއިމުކުރުމަށް ދެވުނު ހަމަލާތަކެކެވެ. މި ހަމަލާތަކުގެ ސަބަބުން ވެނެޒުއޭލާގެ އިގްތިސާދީ އަދި އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެނެޒުއޭލާއަށް ދެމުންދާ ހަމަލާތައް އަދިވެސް ހުއްޓާނުލާނެ ކަމަށާއި، މިއަށްވުރެ ވަރުގަދަ ހަމަލާތަކެއް ކުރިއަށް ދޭނެ ކަމުގެ އިންޒާރު ދީފައެވެ. މި އިންޒާރުގެ ސަބަބުން މުޅި ސަރަހައްދުގެ ސަލާމަތީ ކަންކަމާ މެދު ބައިނަލްއަގުވާމީ މުޖުތަމައުން ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.

ބައެއް ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި މިއީ ވެނެޒުއޭލާގެ މުއްސަނދި ވަސީލަތްތަކަށް އަތްގަދަ ކުރުމަށްޓަކައި އެމެރިކާއިން ރާވައިގެން ހިންގާ އަމަލެއް ކަމަށެވެ. ނަމަވެސް އެމެރިކާއިން ބުނަނީ އެ ގައުމުގެ އަމަލުތަކަކީ ޑިމޮކްރަސީ ހިމާޔަތް ކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އެމެރިކާގެ އެޓާނީ ޖެނެރަލް ޕާމް ބޮންޑީ ވިދާޅުވީ، މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޯރެސްގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ

އީރާނުގެ ސްކޫލަކަށް އެމެރިކާ ސިފައިން ހަމަލާދިން ކަމެއް ނޭނގޭ ކަމަށް ޓްރަމްޕް އަނެއްކާވެސް ބުނެފި

ގައުމުތަކުން އީރާނަށް ގުޅަންފަށައިފި، ޓްރަމްޕާއި ނަތަންޔާހޫ ގޮތްހުސްވެ އަމާންދޭން އުޅޭކަމުގެ އަޑުތަކެއް

ތުރުކީއަށް ދިންކަމަށް ބުނާ ހަމަލާ ތަހްގީގުކުރަން ބޭނުން، ދޮގުތަކުގެ އަސަރު ގުޅުމަށް ކޮށްގެން ނުވާނެ: އީރާނުގެ ރައީސް