ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭހުގެ ދަތިކަން ހައްލުކުރަން އެސްޓީއޯއިން ގެންނަ ބޭހުގެ އަދަދު އިތުރުކޮށްފި: ނާޒިމް

990
TTH_Ads
STO_Ads

ރާއްޖެއަށް ދިމާވެފައިބާ ބޭސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް އެސްޓީއޯ އިން ރާއްޖެއަށް ބޭސް ގެންނަ މިންވަރު އިތުރުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އާސަންދަ ނިޒާމު ރިފޯމުކުރުމުން ބޭހުގެ އަގުތަކަށް ބައެއް ބަދަލުތައް އައި ނަމަވެސް، އެ ކަން ހައްލުކުރުމަށްޓަކައި، އެސްޓީއޯއިން ގެންނަ ބޭހުގެ އަދަދު އިތުރުކޮށްފައިވާ ކަމަށެވެ.

“ކުރިން އެސްޓީއޯއިން ގެންނަ ބޭހުގެ ބްރޭންޑުތައް ނުވަތަ ޖެނެރިކް އެތައް ސަތޭކަ ވައްތަރަކަށް މިހާރު އިތުރުކުރެވި، އެސްޓީއޯގެ ސަޕްލައި އަޅުގަނޑުމެން ވަރަށް ބޮޑަށް އިތުރުކޮށްފިން. އޭގެ ސަބަބުން ކުރިން އޮތް ދަތި ހާލަށް ވުރެ ރަނގަޅު ހާލަތަކަށް މިހާރު އާދެވިއްޖެ ކަމަށް އަޅުގަނޑުމެނަށް ގަބޫލުކުރެވޭ,” ނާޒިމް ވިދާޅުވިއެވެ.

Maldivian_Ads

މިނިސްޓަރު ވިދާޅުވީ، ބޭހުގެ މައްސަލައަށް ހައްލު ގެނައުމަށް ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ގައިޑްލައިންތަކުގައި އެކި މަރުހަލާތަކުގައި ބޭސް ފަރުވާ ކުރުމުގައި ޑޮކްޓަރުން އަމަލުކުރަންވީ ގޮތް ބަޔާންކޮށްފައިވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ވަނީ، ރާއްޖެއަށް ބޭސް އެތެރެކުރުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސްގެ ނަމުގައި ވަކި ކުންފުންޏެއް އުފައްދާފައެވެ. އެ ކުންފުނީގެ މަސައްކަތް ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ނާޒިމް ވިދާޅުވީ އެ ކުންފުނީގެ މަސައްކަތްތައް ރަނގަޅަށް ހިނގައިގަތުމުން މިހާރު ހުރި މައްސަލަތަކަށް ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

އާބާދީ މަދު ރަށްރަށުގެ ސިއްހީ ޚިދުމަތް ވެސް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން: ނާޒިމް

ގައުމަށް ހިދުމަތް ކުރުމުގެ ވިސްނުމެއް އިދިކޮޅު ފަރާތްތަކުން ނުގެންގުޅޭ: ނާޒިމް

Mussss

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކޮށް ރަށްރަށް ފޮނުވަން ފަށައިފި

WhatsApp Image 2026 03 05 at 13.42.57

ރާއްޖޭގައި ޝީޝާ މަނާކުރަން ދަނީ މަޝްވަރާކުރަމުން: ނާޒިމް