ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެސްއައިޕީއަށް 7.4 ބިލިއަން ހަރަދުވެއްޖެ

Zameer budget 2025 1 1024x683

ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނުވަތަ ޕަބްލިކް ސެކްޓަރ އިންވެސްޓުމެންޓް ޕްރޮޖެކްޓްސްއަށް ދައުލަތުގެ ބަޖެޓުން 7.4 ބިލިއަން ރުފިޔާ ހޭދަވެއްޖެކަން ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ހަފުތާއަކު އެއްފަހަރު އާއްމުކުރާ ދައުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު، ހިނގަމުންދާ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް ޖުމްލަ ހަރަދުވެފައިވަނީ 7.4 ބިލިއަން ރުފިޔާއެވެ. އެއިން އެންމެ ބޮޑު މިންވަރެއް ހަރަދުވީ ދަތުރުފަތުރާ ގުޅުންހުރި އުމްރާނީ ތަަރައްގީގެ މަޝްރޫއުތަކަށެވެ.

އެގޮތުން ދަތުރުފަތުރާ ގުޅުންހުރި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ޖުމްލަ 4.4 ބިލިއަން ބިލިއަން ރުފިޔާ ހަރަދުވިއިރު އެއިން އެންމެ ބޮޑު އިންސައްތައެއް ހޭދަވީ އެއާޕޯޓުތައް ތަރައްގީކުރުމަށް ހިންގަމުންދާ މަޝްރޫއުތަކަށްކަން މާލީ ހިސާބުތަކުން އެނގެއެވެ.

އެގޮތުން އެއާޕޯޓުތައް ތަރައްގީކުރުމުގެ މަޝްރޫއުތަކަށް މި އަހަރުގެ ބަޖެޓުން 3.2 ބިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. ދަތުރުފަތުރާ ގުޅުންހުރި މަޝްރޫއުތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު ހަރަދެއް ހިނގި ބުރިޖުގެ މަޝްރޫއުތަކަށް ހޭދަވީ 870.3 މިލިއަންް ރުފިޔާއެވެ.

ތިމާވެށި ހިމާޔަތްކުރުމާއި މޫސުމީ ބަދަލުތަކަށް ހޭނުމުގެ ދާއިރާއިން 632.1 މިލިއަން ރުފިޔާ ހަރަދުވިއިރު، ބިން ހިއްކުމާއި މަގުހެދުމުގެ މަޝްރޫއުތަކަށް 698.6 މިލިއަން ރުފިޔާ ހަރަދުވިއެވެ. ހައުސިން މަޝްރޫއުތަކަށް 196.9 މިލިއަން ރުފިޔާވަނީ ހަރަދުވެފައެވެ.

ދައުލަތުގެ ޖުމްލަ އާމްދަނީއަށް ބަލާއިރު މި އަހަރުގެ މިހާތަނަށް 36.9 ބިލިއަން ރުފިޔާގެ އާމްދަނީއެއްވަނީ ލިބިފައެވެ. އެއީ ޓެކުހުގެ ގޮތުގައި ލިބުނު 27.4 ބިލިއަން ރުފިޔާއާއި، ޓެކުސް ނޫން ގޮތްގޮތުން ލިބުނު 9.1 ބިލިއަން ރުފިޔާއާއި، ހިލޭ އެހީގެ ގޮތުގައި ލިބުނު 301.5 މިލިއަން ރުފިޔާއެވެ.

މި މުއްދަތުގައި 38.9 ބިލިއަން ރުފިޔާ ހަރަދުވިއެވެ. އެއިން 5.1 ބިލިއަން ރުފިޔާއަކީ ލޯނު އަނބުރާ ދެއްކުމަށް ކުރި ހަރަދެވެ. އަދި 4.5 ބިލިއަން ރުފިޔާއަކީ އިންޓަރެސްޓާއި ފައިނޭންސިންއަށް ހޭދަވި އަދަދެވެ. އެހެންކަމުން ބަޖެޓުގެ ޑެފިސިޓަކީ ދެ ބިލިއަނެއްހައި ރުފިޔާއެވެ. އަދި ދަރަނި އަދާކުރުމުގެ ހޭދަ ޖުމްލަ ހަރަދުން އުނިކުރުމުން 2.5 ބިލިއަން ރުފިޔާއިން އަރަނިވެއެވެ.

ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހަރަދު އިތުރުވެ، މަޝްރޫއުތަކުގެ ދުވެލި އަވަސްވީ ނަމަވެސް، ސަރުކާރުން އަޅާފައިވާ މާލީ ފިޔަވަޅުތަކުގެ ސަބަބުން އާމްދަނީއާއި ހަރަދުގެ ފަރަގު ނުވަތަ އާމްދަނީގެ ބޭރުން ހަރަދުކުރި މިންވަރު ވަރަށް ބޮޑުތަން ކުޑަކުރެވިފައިވާކަން މާލީ ހިސާބުތަކުން ސާފުވެއެވެ.

ނިމުނު އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ބޭރުން ނުވަތަ ލިބުނު އާމްދަނީއަށްވުރެ އިތުރަށް 11.5 ބިލިއަން ރުފިޔާ ހަރަދުވި ނަވެސް އެ އަދަދު މި އަހަރު ދެ ބިލިއަން ރުފިޔާގައި ހިފަހެއްޓިފައިވުމުން ސަރުކާރުން ގެންގުޅޭ މާލީ ސިޔާސަތަކީ ހަރަދު ކުޑަކޮށް ހޭދަކުރުމުގައި ވިސްނުންތެރިކަމާއި ހިފަހެއްޓުންތެރިކަން އިސްކުރުމުގެ ސިޔާސަތެއްކަން ސާފުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ދައުލަތަށް ނުލިބިހުރި 666 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި

finance

ބަޖެޓު ސާޕްލަސް 1.9 ބިލިއަން ރުފިޔާއަށް އަރައިފި

finance

މުދާ އެތެރެކުރާވަރަށް ރިޒާވްގައި ބޭރުފައިސާ އެބަހުރި: ފިނޭންސް

ރާއްޖެއާއި އޯޕެކް ފަންޑާ ދެމެދު އާ ކަންޓްރީ ޕާޓްނަޝިޕް ފްރޭމްވޯކްއެއްގައި ސޮއިކޮށްފި