ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންސީ ކައުންސިލް ޕްރައިމަރީގައި 11،300 މީހުން ވޯޓްލި

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސްގެ ޓިކެޓުގައި ވާދަކުރައްވާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް 45 ސަރަހައްދެއްގައި އެއްފަހަރާ ވޯޓުލުން ކުރިއަށް ދިޔައެވެ.

ޖުމްލަކޮށް ހުރިހާ ސަރަހައްދެެއްގައި ވޯޓްލުން ކުރިއަށް ދިޔައީ އޮމާންކޮށެވެ. ކޮންގްރެެސް ޕާޓީން ބުނީ މިއަދުގެ ޕްރައިމަރީގައި 11،300 ވުރެ ގިނަ މެންބަރުން ވޯޓްލީ ކަމަށެވެ. ޕްރައިމަރީ އޮތް ދާއިރާތަކުގައި 21،000 ވުރެ ގިނަ މެންބަރުންނަށް ވޯޓް ދިނުމުގެ ހައްގު އޮތެވެ.

އެހެން ކަމުން ދެބައިކުޅަ އެއްބައި މީހުންނަށް ވުރެ ގިނަ މީހުން ވަނީ މި އިންތިހާބުގައި ވޯޓްލާފަ އެވެ. މިއީ ޕާޓީއަކުން އެތެރޭގެ އިންތިހާބެއްގައި މިހާ ގިނައިން ވޯޓްލީ އިންތިހާބެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

އައްޑުއަށް ނިސްބަތްވާ އެމްޑީޕީގެ އިސް ފަރާތްތަކެއް ޕީއެންސީއާ ގުޅިއްޖެ

އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން: ރައީސް

PNC

ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޯބަރުގައި ބާއްވަނީ

Oo

އެމްޑީޕީ ކެންޑިޑޭޓުން އިންތިހާބުވެއްޖެނަމަ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ: ނައިބު ރައީސް