ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

45 ސަރަހައްދެއްގައި ވޯޓުލުން އަދިވެސް ކުރިއަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސްގެ ޓިކެޓުގައި ވާދަކުރައްވާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި 45 ސަރަހައްދެއްގައި އެއްފަހަރާ ވޯޓުލުން ކުރިއަށްދާކަމަށް އެ ޕާޓީން ބުނެފިއެވެ.

“ކޮންގުރެސްގެ ނިންމުން”ގެ ނަަމުގައި ކުރިއަށްގެންދިޔަ ލައިވް ކަވަރޭޖުގައި ވާހަކަދައްކަވަމުން ޕީއެންސީގެ އިންތިހާބު ކޮމިޓީގެ މުގައްރިރު އަދި ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލު ވިދާޅުވީ މި ޕްރައިމަރީއަކީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ކުރިއަށްގެންދާ އެންމެ ބޮޑު އެތެރޭގެ އިންތިހާބު ކަމަށެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވީ ވޯޓުލާ ޕާޓީގެ މެންބަރުންނާއި އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ އިތުބާރު އޮންނާނެ ގޮތަށް ކަންކަން ކުރިއަށްގެންދިއުމުގެ ބޭނުމުގައި ގިނަ އިންތިޒާމުތަކެއް ވަރަށް ފަސޭހައިން ހަމަޖައްސައިދީފައިވާ ކަމަށެވެ.

އެގޮތުން ކުރިން ރާއްޖޭގެ ހުރިހާ ޕާޓީތަކުން އަމަލުކުރަމުން އައި އުސޫލާ ހިލާފަަށް ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ލެވޭ މީހުން ކަނޑައެޅުމުގައި ބަރޯސާވެފައިވަނީ އިލެކްޝަންސް ކޮމިޝަަނުގައި އޮތް އެ ޕާޓީގެ ދަފުތަރަށް ކަމަށް ޝަކީލު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރާ އެއްގޮތްވާ ގޮތުގެ މަތިން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އެކުލަވައިލާ، ވެބްސައިޓުގައި އާއްމުކޮށް، ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތު ދިނުމަށްފަހު، އެ ހުށަހެޅުނު ޝަކުވާތަކަށްވެސް ރިއާޔަތްކުރެވިގެން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އެކުލަވައިލެވުނުކަން ޝަކީލު ފާހަގަކުރެއްވިއެވެ.

ޝަކީލު ވިދާޅުވި ގޮތުގައި މިފަހަރުގެ އިންތިހާބުގައި ދެ ތަނެއްގައި ނޫނީ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވާނީ އެ ސަރަހައްދެއްގެ ބޭފުޅުންނެވެ. އެއީ ރަށްރަށާއި ސިޓީތަކުގެ ސްޓިއަރިން ކޮމިޓީތަކުގައި މަޝްވަރާކުރެވިގެން އައްޔަންކުރެވުނު އޮފިޝަލުންކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮންގްރެސް ޕާޓީގެ އެތެރޭގެ ހިންގުން ވަަރަށް ބޮޑަށް ލާމަރުކަޒުކުރެވިފައި އޮތުމުން އިންތިހާބުގެ އިންތިޒާމުތައްވެސް އެ އުސޫލުން ހަމަޖެއްސުމުގައި ގިނަ ފަސޭހަތަކެއް ލިބުނުކަމަށް ޝަކީލު ވިދާާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

އައްޑުއަށް ނިސްބަތްވާ އެމްޑީޕީގެ އިސް ފަރާތްތަކެއް ޕީއެންސީއާ ގުޅިއްޖެ

އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން: ރައީސް

PNC

ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޯބަރުގައި ބާއްވަނީ

Oo

އެމްޑީޕީ ކެންޑިޑޭޓުން އިންތިހާބުވެއްޖެނަމަ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ: ނައިބު ރައީސް