ޢިލްމީ ތަފާތު ރޮނގުތަކުގައި މުސްލިމުން ކުރިއަރާ ދިޔައީ ހަލުއިކަމާއެކު ކަމަށާއި ހަމައެކަނި ދުނިޔެވީ އެދުންތަކުގައު މަޝްޢޫލުވެ، ޢާފިލްކަމުގެ ތެރޭގައި ހޭދަކުރާ ޒުވާނުން މިއަދު އިތުރުވަމުން ދިއުމަކީ ދެރަވެ ހިތާމަކުރާންޖެހޭ ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
“އިސްލާމީ ޙަޟާރަރުގެ ރަން ޒަމާން” މިމައުޟޫއަށް ޚާއްސަކުރެވުނު މިއަދުގެ ޚުޠުބާގައި ވިދާޅުވީ، ޢިލްމު އުނގެނުމަށް އެންގެވި އެންގެވުންތަކުގެ ސަބަބުން، ޢިލްމު އުނގެނުމަކީ ވާޖިބެއްކަމުގައި ދެކި ޢިލްމީ ތަފާތު ރޮނގުތަކުގައި މުސްލިމުން ކުރިއަރާ ދިޔައީ ހަލުއިކަމާއެކު ކަމުގައެވެ. އެގޮތުން ނުހަނު ޅަ އުމުރުގައި ޤުރުއާނާ ހަދީސް ޢިލްމު އުނގެނި އޭގެ އިތުރަށް ދުނިޔެވީ ޢިލްމުގެ ހޯދުންތަކަށް އިސްލާމީ ޢިލްމުވެރިން ވަގުތު ހުސްކރެއްވީ އަމިއްލަ ވާޖިބެއްކަމުގައި ދެކިގެންކަމަށް މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
މުސްލިމް އަޚުންނޭވެ! އޭރުގެ ބޭސްވެރިކަމުގެ ދާއިރާއަށް ބަލާނަމަ، މިޒާމާނުގެ ހަސްފަތާލުތައް ފަދައިން ތަންތަން ބިނާކުރެވި، އެ ތަންތަނަށް ބަލިމީހުން ގެންގޮސް ބައިތިއްބައިގެން ފަރުވާ ދޭންފެށީ، މުސްލިމުންނެވެ. ބޭސްވެރިކަމުގެ ޢިލްމު ކުރިއަރުވާ، ލޮލުގެ ބަލިތަކަށް ޚާއްސަވެ ފަރުވާކުރާން ފެށީ މުސްލިމް ޑޮކްޓަރުންނެވެ. މިޒަމާނުގައި ސާޖަރީ ކުރާފަދައިން، ސާޖަރީކުރާން ފެށީވެސް ހަމަ މުސްލިމުންނެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
ޚުޠުބާގައި އިތުރަށް ވިދާޅުވީ މުސްލިމުން ތަފާތު ޢިލްމުތަކުގައި ކުރިއަރާ މެދުއުޑުގައި ފިޔަޖަހަމުން ދިޔައީ އިސްލާމީ ސަގާފަތުގެ މަތީގައި އީމާންތެރިކަމާއެކު ސާބިތުވެ ތިބުމުގެ ސަބަބުން ކަމުގައެވެ. އަދި އެބައި މީހުންގެ ދީނުގައި މާތް الله އާއި އެކަލާނގެ ރަސޫލާ ގެންނަވާފައިވާ ޙުކުމްފުޅުތަކަށް ފުރިހަމަޔަށް ބޯލަނބައި ކިޔަމަންތެރި ވުމުގެ ސަބަބުން ކަމުގައެވެ.
ކިޔުންތެރިންގެ ހިޔާލު