ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލޯކަލް ކައުންސިލު އިންތިހާބު ޕީއެންސީގެ ޕްރައިމަރީގައި 298 ކެންޑިޑޭޓުން ވާދަކުރަނީ

PNC
STO_Ads
Maldivian_Ads
TTH_Ads
Advertisement

ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް، ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓު ހޯދުމަށް ޕްރައިމަރީގައި ވާދަކުރާ 298 ކެންޑިޑޭޓުންގެ ނަން އިއުލާންކޮށްފިއެވެ.

ޕީއެންސީން މިރޭ ވަނީ އެ ދެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބަލައި ޕްރައިމަރީ ބާއްވަންޖެހޭ އިންތިހާބީ ދާއިރާތަކާއި އެ ދާއިރާތަކުން ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށް އިއުލާނުކޮށްފަ އެވެ.

މިމަހުގެ 27 ގައި ބާއްވާ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ޖުމުލަ އަދަދަކީ 298 އެވެ. އޭގެ ތެރެއިން ކައުންސިލުތަކުގެ ޕްރައިމަރީގައި 180 ކެންޑިޑޭޓުން ވާދަކުރާ އިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ޕްރައިމަރީގައި 118 ކެންޑިޑޭޓުން ވާދަކުރެއެވެ.

HajjCop_ads
Advertisement

ޕީއެންސީން ނެރުނު އިއުލާނެއްގައި ބުނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޕްރައިމަރީއަކާ ނުލައި ހޮވިފައިވާ ފަރާތްތަކުގެ މައުލޫމާތު އެ ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ.

ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބީ ދާއިރާތަކުގެ ޕާޓީގެ މެންބަރުންގެ ލިސްޓު، ޕާޓީގެ ޕޯޓަލް މެދުވެރިކޮށް އެ ދާއިރާއަކުން ވާދަކުރާ ކެންޑިޑޭޓަކަށް ލިބޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާނެ ކަމަށް ޕީއެންސީން ބުންޏެވެ.

ޕީއެންސީގެ އިއުލާނުގައި އިތުރަށް ބުނީ ޕްރައިމަރީއާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއް ޕާޓީ އޮފީހަށް ފޮނުވާނީ އިންތިހާބީ ޝަކުވާ ހުށަހެޅުމަށް ހާއްސަކޮށްފައިވާ ނަންބަރު، 9323686 އަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ކަމަށެވެ.

މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީން އިންތިހާބަށް ކަނޑައަޅާފައިވާ މެނޭޖަރު، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެފައިވާ ގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 70،000 އަށްވުރެ މައްޗަށް އަރައިފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 2347 (2)

ޕީއެންސީގެ ސިޔާސަތަކީ އަބަދުވެސް “ފުރަތަމަ ޤައުމު” އިސްކުރުން ކަމަށް ރައީސް ވިދާޅުވެއްޖެ

abdulraheem

ކާމިޔާބީ ގުޅިފައިވަނީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުރާ މަސައްކަތުގެ މައްްޗަށްކަމަށް: އަބްދުއްރަޙީމް

muiz

އެންމެ ފުރަތަމަ ޤައުމު ނޫން ގޮތެއް ނެތް، އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުން: ރައީސް

Download 2026 09 18T155550.812 1536x1024

ޕީއެންސީގެ އިސް މަގާމުތަކަށް އިންތިޚާބުވި ބޭފުޅުން ހުވާކުރައްވައިފި