ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހި އުފެއްދުންތައް އަލީބާބާގައި ވިއްކޭނެ ގޮތް ހަދައިފި

449352 f9826891 4
TTH_Ads
STO_Ads
Advertisement

އޮތެންޓިކް މޯލްޑިވްސްގައި ރަޖިސްޓާ ވެފައިވާ ފަރާތްތަކަށް، އެ ފަރާތްތަކުގެ އުފެއްދުންތައް އަލީބާބާ.ކޮމްގައި ވިއްކޭނެ ގޮތް މިއަދުން ފެށިގެން ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ކުރިއޭޓިވް އިންޑަސްޓްރީގައި ތަކެތި އުފައްދައިގެން އޮންލައިންކޮށް ވިއްކަމުންދާ ފަރާތްތަކާ ގުޅިފައިވާ ވަރަށް ގިނަ ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި އެ އިންޑަސްޓްރީ އިތުރަށް ފުޅާކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްކޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ މި ސަރުކާރުގެ އެއް މެނިފެސްޓޯ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕޭޕަލްއާ އެކު ވަރަށް ބޮޑު ކުރިއެރުމެއް ހޯދިފައިވާ ކަމަށާއި އެގޮތުން ސެޓަމް އެއްކޮށް ނިމި، ޖެނުއަރީގައި ޕޭޕަލް މެދުވެރިކޮށް ޕޭމެންޓް ހެދޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

“އޮތެންޓިކް މޯލްޑިވްސްގައި ރަޖިސްޓާ ވެފައިވާ ފަރާތްތަކުން އަލީބާބާގައި ޕްރޮޑަކްޓްސްތައް ވިއްކޭނެ ގޮތް މިއަދު މި ހަމަޖެހުނީ. އެއީ އަލީބާބާގައި ރެޖިސްޓްރީވެފައި މިވަނީ 400 ވެންޑަރުން. އެފަރާތްތަކަށް މިހާރު އަލީބާބާގައި އެކްސެސް ލިބިގެން ގޮސްފައި އެވަނީ،” ރައީސް

ރައީސް ވިދާޅުވީ އަލީބާބާގައި ތަކެތި ވިއްކުމަށްޓަކައި އޮތެންޓިކް މޯލްޑިވްސްގައި ރަޖިސްޓާ ވާން ޖެހޭނެ ކަމަށާއި އޭގައި ރަޖިސްޓާ ވުމުން، އަލީބާބާގައި ޕްރޮޑަކްޓްތައް ވިއްކުމަށް އެކްސެސް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އިން ތައްޔާރުކޮށްފައިވާ “މޯލްޑިވިއަން ޕޭޕަލް”، ސުވައިޕްގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށާއި މިމަހުގެ ތެރޭގައި ސްވައިޕްގެ ބީޓާއަށް ހުޅުވާލާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ބޭރުގެ ނެޓްވޯކްތަކާ އިންޓަގްރޭޓެޑް ކުރެވި، އިތުރު ޗާޖަކާ ނުލައި ބޭރުން ފައިސާ ގެނެވޭނެ އިންތިޒާމު އެ ފެސިލިޓީގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިއަދަކީ ބަނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް

Raees Muizzu

ސަރުކާރު ވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަށް: ރައީސް