ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވީއައިއޭގެ އާ ޓާމިނަލުން ސިންގަޕޯ އެއާލައިންސަށް ހިދުމަތް ދޭން ފަށައިފި

TTH_Ads
STO_Ads
Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ސިންގަޕޫރުގެ ގައުމީ އެއާލައިން, ސިންގަޕޯ އެއާލައިންސަށް ހިދުމަތް ދޭން ފަށައިފިއެވެ.

ވީއައިއޭގެ އާ ޓާމިނަލުން ސިންގަޕޯ އެއާލައިންސަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ.

އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދާއި ސިންގަޕޯ އެއާލައިންސްގެ ޖެނެރަލް މެނޭޖަރު ހާޒިގު ސުލައިމާނާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

HajjCop_ads
Advertisement

ވީއައިއޭ ހިންގާ އެމްއޭސީއެލުން ބުނީ ޓާމިނަލް 1 އިން ސިންގަޕޯ އެއާލައިންސަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 205 ފަސިންޖަރުންނަށް ހަދިޔާދީފައި ކަމަށެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ސިންގަޕޯ އެއާލައިންސްގެ ފުރަތަމަ ފްލައިޓް, SQ432 އިން ރާއްޖެ އައި 244 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައި ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ޓާމިނަލް 1 އަށް ކައިރި ކުރި ސިންގަޕޯ އެއާލައިންސްގެ ފުރަތަމަ ފްލައިޓަކީ އެއާބަސް 350ގެ ފްލައިޓެކެވެ. މިއީ ޓާމިނަލް 1 އިން އެއާބަސް 350ގެ ފްލައިޓަކަށް މަރުހަބާކީ ފުރަތަމަ ފަހަރެވެ.

ސިންގަޕޯ އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފެށީ 28 މާޗް 1984 ގައެވެ.

ސިންގަޕޯ އެއާލައިންސާއެކު ވީއައިއޭގެ އާ ޓާމިނަލުން މިހާރު ދަނީ 32 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވީއައިއޭގެ ޓްރެފިކަށް ވަގުތީގޮތުން ބަދަލުތަކެއް ގެނެސްފި

velaana airport macl

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދު 41 އަށް އަރައިފި

velana airport

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އަށް 60 އަހަރު

ޑޮމެސްޓިކް ދަތުރުތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރަނީ