ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވީއައިއޭގެ އިމަޖެންސީ އެކްސަސައިޒް ކާމިޔާބުކަމާއެކު ނިންމާލައިފި

TTH_Ads
STO_Ads
Maldivian_Ads
Advertisement

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ޕާޝަލް އިމަޖެންސީ އެކްސަސައިޒެއް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ގުޅިގެން ބޭއްވި މި ހަރަކާތުގެ މަޤްސަދަކީ ވީއައިއޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި ކަމާގުޅޭ އޭޖެންސީތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމެވެ.

މި ހަރަކާތުގައި އިމަޖެންސީ ރެސްޕޮންސް ސިމިއުލޭޝަން ގައި އެހީތެރިވުމަށް ބިއޯންޑް އެއާލައިން ބައިވެރިވި އިރު، އެއާޕޯޓުގެ އޮޕަރޭޝަންތަކާއި ޝެޑިއުލް ފްލައިޓްތަކަށް އެއްވެސް ބުރޫއެއް ނާރައި މި ހަރަކާތް ނިންމާލުމަކީ ލިބުނު ބޮޑު ކާމިޔާބީ އެކެވެ.

HajjCop_ads
Advertisement

ވީއައިއޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށާއި އެއަރޕޯޓުގައި ދިމާވެދާނެ އެކިކަހަލަ ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ދަނީ ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ.

އެގޮތުން އެއާޕޯޓް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް (އެފެކްސް) އަކީ ވީއައިއޭގައި ގަވާއިދުން ބާއްވާ، ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބާއްވާ އެންމެ ބޮޑު ހަރަކާތެވެ. މި ހަރަކާތް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ އަހަރު އެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 125 އަށްވުރެ މައްޗަށް އަރައިފި

Igmh

ސަމާލުވޭ، ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަނީ

Igmh

މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 243 ކޭސް ރިޕޯޓުކޮށްފި

Igmh

މިހަރުގެ މިހާތަނަށް ހިމަބިހީގެ 226 ކޭސް ރިޕޯޓުކޮށްފައިވޭ: އެޗްޕީއޭ