ކުއްލި ޚަބަރު

މިހާތަނަށް 52 މަސާޖު ޕާލާ ވަނީ ބަންދުކޮށްފައި: ރައީސް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕް ސާމާނުތައް ނައްތާލައިފި

އިތުރު ފަސް މަސާޖު ޕާލާއެއް ބަންދުކޮށްފި

ޙައްޖާއި ޢުމްރާގެ ކަންކަން އިތުރަށް ހަރުދަނާކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޙައްޖު ކޯޕަރޭޝަނާއި ސައުދީ ޢަރަބިއްޔާގެ އަލް-ޞަފްވާ ފައުންޑޭޝަނާ ދެމެދު ޙައްޖާއި ޢުމްރާގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ބުރާސްފަތި ދުވަހު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް ތަރައްޤީކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ ބުރާސްފަތި ދުވަހު ބޭއްވި “ޙައްޖު، ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން”ގެ ތެރެއިންނެވެ. ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލެވެ. އަދި އަލް-ޞަފްވާ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުﷲ މުހައްމަދު އަލް-ޙަޖޫރީއެވެ.

ހައްޖު ކޯޕަރޭޝަނުން ހާމަކުރެއްވި ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ޙައްޖާއި ޢުމްރާގެ ކަންކަމުގައި އަލް-ސަފްވާ ފައުންޑޭޝަނުން ހައްޖު ކޯޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށް ދިނުން ހިމެނެއެވެ. މީގެ އިތުރުން، ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުން ހިލޭ ތަމްރީން ކުރުމާއި، ކެޕޭސިޓީ ބިލްޑިންގގެ މަސައްކަތްތައް ހިންގުމަށް ވެސް މި އެއްބަސްވުމުގެ ދަށުން އެހީތެރިކަން ލިބިގެންދާނެއެވެ.

އަލް-ޞަފްވާ ފައުންޑޭޝަނަކީ ސަޢުދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ބޭންކުގެ ދަށުން ދީނީ އަދި ދަރުމަވެރި މަސައްކަތްތައް ހިންގާ ކުންފުންޏެކެވެ. މިފަދަ ބޮޑު ފައުންޑޭޝަނަކާ ގުޅިގެން މަސައްކަތް ކުރުމަކީ ދިވެހި ޙައްޖުވެރިންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ، އަދި ކޯޕަރޭޝަންގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ލިބޭ ބޮޑު އެހީތެރިކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ފައިސާ ހޯދަން މެސެޖުކުރާތީ ސަމާލުވާން އެދިއްޖެ

ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޙައްޖު ވީޒާ ނުދިނުމަށް ސައުދީ ސަރުކާރުން ވަނީ ނިންމާފައި: ޝަކީލް

TTH_advertisement