ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގައުމު ތަރައްގީކުރަން މަސްވެރިންކުރާ މަސައްކަތް ބަލައިގަންނަން ޖެހޭ: ރައީސް މައުމޫން

raees maumoon

ދިވެހިރާއްޖޭގެ މަސްވެރިން މި ގައުމު ތަރައްޤީކުރުމަށް ކުރަމުން ގެންދާ މަސައްކަތްތައް ބަލައިގަންނަން ޖެހޭ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދިވެހިރާއްޖޭގެ ހީވާގި ދިވެހި މަސްވެރިންނަށާއި، އޮޑިވެރިންނަށާއި، މަސްވެރި ޢާއިލާތަކަށާއި މަސްވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް ވަނީ ތަހުނިޔާ ފޮނުއްވާފައެވެ. އަދި އެ ފަރާތްތަކަށް އިޚްލާސްތެރިކަމާއި ލޯތްބާއެކު، ހެޔޮއެދުންތައް ވަނީ ފޮނުއްވާފައެވެ.

ރައީސް ވަނީ މަސްވެރިންގެ ދުވަހަކީ އުންމީދުން ފުރިގެންވާ ދުވަހެއްކަމަށް ވިދާޅުވެ މަސްވެރިންގެ މަސައްކަތަށް ހިތުގެ އަޑިން ޝުކުރު އަދާކުރައްވައިފައެެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 ވަނަ ދުވަހަކީ މަސްވެރިންގެ ދުވަސް ކަމުގައިވާއިރު، މި ދުވަސް ފާހަގަކުރުމަށްޓަކައި ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ދަނީ ކުރިޔަށްގެންދަމުންނެވެ. އެގޮތުން ރ. ދުވާފަރުގައި “މަސްވެރިންގެ ގުންޒަރެއް” ބާއްވާ، މަސްކެނޑުމުގެ މުބާރާތެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees maumoon

މުއުމިނުންގެ މެދުގައި އޮންނަ ގުޅުން ވާންވާނީ އަހުންވަންތަ ރީތި ގުޅުމަކަށް: ރައީސް މައުމޫން

raees maumoon

ރޯދަމަހު އުޙުވަތްތެރިކަން އިސްކުރަން ޖެހޭ: ރައީސް މައުމޫން

މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

މަސްވެރިކަމުގެ ދާއިރާއަށް ޞާބިރު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކޮށްފި