ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާއަށް އިތުރު ތޫފާނެއް އަރާނޭކަމުގެ އިންޒާރު: ރައްކާތެރި ވެވޭނެ ގޮތެއްނެތް، ބޮޑުބައެއް މިހާރުވެސް ފެނުއަޑީގައި

ބޯކޮށް ވާރޭވެހި ޣައްޒާގެ ބޮޑުބައެއް މިހާރުވެސް ފެނުއަޑީގައި:
TTH_Ads
STO_Ads
Advertisement

މިހާރުވެސް ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވާ ޣައްޒާއާ ދިމާއަށް ބާރުގަދަ ތޫފާނެއް މިސްރާބު ޖަހާފައި ވާއިރު، ތޫފާނުން ރައްކާތެރި ވެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް، ޣައްޒާގެ ކަމާބެހޭ އިދާރާތަކުން ބުނަން ފަށައިފިއެވެ.

މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ޣައްޒާގެ އެކި ހިސާބުތަކުގައި މިހާރުވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

ފެންބޮޑުވުމުގެ ސަބަބުން އެތައްހާސް އާއިލާއެއް ހާލުގައި ޖެހިފައި ވެއެވެ.

HajjCop_ads
Advertisement

މިހާލުގައި ތިއްބައި، ކުރިއަށްއޮތް ދުވަސްތަކުގައި “ބައިރޮން” ގެ ނަމުން ނަން ދީފައިވާ ތޫފާން ޣައްޒާއަށް އަރާނޭ ކަމަށް މޫސުމާބެހޭ އިދާރާތަކުން މިހާރުވަނީ ލަފާކޮށްފައެވެ.

މި ތޫފާނާއެކު، ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނޭ ކަމަށާއި، ފެންބޮޑުވާނޭކަމުގެ އިންޒާރުވެސް ދީފައި ވެއެވެ.

ޣައްޒާގައި ވެރިކަންކުރާ ގާޒާ ސިޓީގެ މޭޔަރު ޔަހްޔާ އަލް ސައްރާޖް ވިދާޅުވީ، ފެންބޮޑުވުމުން އާންމުން ރައްކާތެރި ކުރުމަށް ބޭނުންކުރާނޭ ވަސީލަތްތަކެއް ނެތް ކަމަށެވެ. ކުއްޔަށް ތަންތަނުން ލިބޭ ބައެއް ސާމާނުތަކަކީވެސް ދުވަސްވީ އެއްޗެހި ކަމަށް އޭނާ ވިދާޅުވިއެވެ.

ފެންބޮޑުވެ، ފެނުގެ ސައިލާއެކު ކުނިބުނި އާންމުން ދިރިއުޅޭ ފޭލިގެ އަވަށްތަކުގެ ތެރެއަށް ވަދެގަންނާނެ ކަމުގެ އިންޒާރުވެސް މޭޔަރު ދެއްވާފައި ވެއެވެ.

ތޫފާނު ލައިގަތުމުގެކުރިން، ޣައްޒާއަށް ޓެންޓާއި، ގަދަފިނިން ރައްކާތެރިވާނެ ހެދުމާއި، އެނޫންވެސް މުހިންމު ތަކެތި އެތެރެކުރަން ހުއްދަ ދިނުމަށް ސޭވް ދަ ޗިލްޑްރަން ފަދަ  ޖަމާއަތްތަކުން ގެންދަނީ އިސްރާއީލަށް ގޮވާލަމުންނެވެ. މި ތަކެއްޗަކީ ޣައްޒާއަށް އެތެރެކުރުން މަނާކޮށްފައިވާ ތަކެއްޗެވެ.

އިސްތިއުމާރީ ސިފައިން ގެންދަނީ، ހަމަލާތައް ހުއްޓާލުމަށް އެއްބަސްވި ފަހުންވެސް މުޅި ޣައްޒާއަށް ބޮންއަޅަމުންނެވެ. އަދި ހަމަލާތައް ދެމުންގެންދާނޭ ކަމަށްވެސް އިންޒާރު ކުރަމުން ގެންދެއެވެ.

ޣައްޒާގެ ދެބައިކުޅަ އެއްބައިގެ ސަރަހައްދު އިންތިއުމާރީ ސިފައިން ކޮންޓްރޯލް ކުރާއިރު، އެތައްލައްކަ އާންމުން ދިރިއުޅެމުން ގެންދަނީ ކުޑަ ތަންކޮޅުކޮޅުގައެވެ.

ފެންބޮޑު ވެއްޖެނަމަ އެމްބިއުލެންސް، އަދި ރެސްކިއު ޓީމުތަކަށްވެސް އެހިސާބުތަކަށް ވާސިލް ނުވެވޭނޭ ކަމަށް، ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ނުވިތާކަށް، އިސްތިއުމާރީ ސިފައިން އެމްބިއުލެންސްތަކަށްވެސް ގެންދަނީ ހަމަލާތައް ދެމުންނެވެ.

ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގައި، ޣައްޒާއަށް ޓެންޓާއި، މޮބައިލް ގެތައް އެތެރެކުރަން އިސްރާއީލުން އެއްބަސްވި ނަމަވެސް، އެތަކެތި އަދިވެސް ހުރީ ޓްރަކްތަކުގައި ބޯޑަރު ސަރަހައްދުގައެވެ.

ތިންލައްކައެއްހާ އާއިލާ، އެއްވެސް ހިޔާވަހިކަމެއްނެތި ޣައްޒާގައި ދިރިއުޅެމުން ގެންދެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ބޯޑް އޮފް ޕީސްވެސް ނަތަންޔާހޫއާ އެއްކޮޅަށް، ޓްރަމްޕްގެ ކިބައިން ހަމާސްއިން އެދެނީ މައްސަލަ ސާފުކޮށްދިނުމަށް

24 ގަޑިއިރުތެރޭ ޣައްޒާއިން 19 މީހުން ޝަހީދުކޮށްލައިފި، އުދުވާނު އަދިވެސް ފުޅާކުރަނީ

ޣައްޒާގައި ލޭއޮހޮރުވުންބޮޑު ރެއެއް، 4 އާއިލާއެއް އެއްކޮށް ވުޖޫދުން ފޮހެލައިފި