ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަލަސްތީނު ގައުމީ ޓީމުގެ ކޯޗަށް އެންމެބޮޑު ހިތްވަރަކާއި އުންމީދެއް ދެނީ ޣައްޒާގައި ހުރި އޭނާގެ މަންމަ

ދޯހާގައި ކުރިއަށްދާ އަރަބް ކަޕްގެ މެޗެއްައި ފަލަސްތީނު ގައުމީ ޓީމުގެ ކޯޗު އީހާބް އަބޫ ޖަޒާރް ޓީމަށް އިރުޝާދު ދެނީ:
TTH_Ads
STO_Ads
Advertisement

ފަލަސްތީނުގެ ގައުމީ ފުޓްބޯޅަ ޓީމު އޮތީ މިހާރު ކުރިއަށްދާ އަރަބް ކަޕްގެ ކުއާޓަރފައިނަލަށް ދިއުމުގެ މަރްހަލާގައެވެ.

މިރޭ ސޫރިޔާއާ އާއެކު ކުޅޭ ގްރޫޕް މެޗުން އެއްވަރު ވިޔަސް، ފަލަސްތީނު ޓީމު މުބާރާތުގެ ކުއާޓަރފައިނަލަށް ދަތުރު ކުރާނެއެވެ.

ކުއާޓަރފައިނަލަށް ދަތުރުކުރުންވެސް ފަލަސްތީނު ޓީމަށް ވެގެންދާނީ ލިބޭނެ ބޮޑު ކާމިޔާބީ އަކަށެވެ.

HajjCop_ads
Advertisement

ސަބަބަކީ، ފަލަސްތީނު ގައުމީ ފުޓްބޯޅަ ޓީމު މިހާރު އޮތީ ފީފާ ރޭންކިންގެ 96 ވަނައިގައި ކަމަށްވެފައި، އަރަބް ކަޕް ކަހަލަ ބޮޑު މުބާރާތެއްގެ ކުއާޓަރއަށް ދިއުމަކީވެސް އާދައިގެ ކަމަކަށް ނުވާނެތީއެވެ.

ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްތިއުމާރީ ބާރުން ހަނގުރާމަ ކުރަމުންދާތާ ދެ އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. ޣައްޒާއަށް ވަރުގަދައަށް ބޮންއަޅައި، މިސައިލުން ހަމަލާދީ މުޅި ޣައްޒާ މިހާރު އޮތީ ގާތްގަނޑަކަށް ބިމާހަމަ ކޮށްލާފައެވެ. ޝަހީދުކޮށްލި މީހުންގެ އަދަދު 70،000 އިން މައްޗަށް އަރާފައިވާއިރު، މިއީ ޣައްޒާގެ ނަސްލު ނައްތާލަން ކުރަމުންދާ ހަނގުރާމައެއްކަން އދއާއި ދުނިޔެ ވަނީ ކަނޑައަޅާފައެވެ.

ޣައްޒާގެ އިތުރުން، ހުޅަނގު އައްސޭރިއަށް ދެމުންގެންދާ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުކޮށް، އެތައްލައްކަ މީހުން ގެދޮރުން ނެރެ މަގުމަތިކޮށް، ގެދޮރާއި އަވަށްތަކާއި، ރަށްތައް ތަޅައި އިސްތިއުމާރީ ޓެރަރިސްޓުން ގެންދަނީ ސުންނާފަތި ކުރަމުންނެވެ.

މިހާލުގައި ތިބި ފަލަސްތީނު ރައްޔިތުން ތަމްސީލުކުރާ ފުޓްބޯޅަ ޓީމު ތަހައްމަލް ކުރަމުންދާ ވޭނާއި ކެކުޅުންތައް ނުހަނު ބޮޑެވެ.

އެ ހިތްދަތިކަމާއި، ކެކުޅުންތަކާ އެކުވެސް ޓީމު ގޮވައިގެން ބައިނަލްއަގްވާމީ މައިދާނަށް ނުކުމެ ހުރީ ފަލަސްތީނު ގައުމީ ޓީމުގެ ހިތްވަރުގަދަ ކޯޗު އީހާބް އަބޫ ޖަޒާރްއެވެ.

ކޯޗް އީހާބު ބުނާގޮތުން، ޓީމާއިގެން ކުރިއަށް ދިއުމަށް އޭނާއަށް އެންމެބޮޑު އުންމީދަކާއި ހިތްވަރެއް ދެނީ ޣައްޒާގައި ހުރި އޭނާގެ ލޯބިވާ މަންމައެވެ.

ކޯޗު އީހާބުގެ މަންމަ މިހާރުވެސް ދިރިއުޅެމުން ގެންދަނީ އިސްރާއީލުން ކެނޑިނޭޅި އުދުވާނުތައް ހިންގަމުން ގެންދާ ޣައްޒާގެ ޓެންޓެއްގައެވެ.

ހަނގުރާމައިގެ ސަބަބުން ދަރިފުޅުގެ ހުވަފެންތަކަށް ހުރަސް އެޅޭކަމަށް ކޯޗު އީހާބުގެ މަންމަ ބޭނުމެއް ނުވެއެވެ.

އެހެންވެ، ނުހަނު ބިރުވެރި ހާލަތުގައި ޓެންޓުގައި ދިރިއުޅެމުންވެސް ފޯނުން ގުޅައި ދަރިފުޅަށް އިރުޝާދުދީ، ހިތްވަރު ދެމުން ގެންދެއެވެ.

މީޑިއާ ވަސީލަތަކާ ވާހަކަ ދައްކަމުން ފަލަސްތީނު ގައުމީ ޓީމުގެ ކޯޗް އީހާބު އަބޫ ޖަޒާރް ބުނީ، ފޯނުން ގުޅައިގެން މަންމަ މުޅިންވެސް ވާހަކަ ދައްކަނީ ޓީމާ ބެހޭގޮތުން ކަމަށެވެ. ޣައްޒާގެ ހަލާތާ މެދު ނުވިސްނައި މުޅި ފޯކަސް އަބަދުވެސް މުބާރާތަށް ބެހެއްޓުމަށް މަންމަ ނަސޭހަތް ދޭ ކަމަށް ކޯޗް ބުނެފައި ވެއެވެ.

މެޗެއް ކުޅޭއިރު ފުރަތަމަ ޓީމަށް އަރާ ކުޅުންތެރިންނާއި، ނާރާ ކުޅުންތެރިންނާއި، މެޗްތަކުގެ ޓެކްޓިކްސް އަދި ކުޅުންތެރިންނާއި މުޅި ޓީމުގެ ހާލަތާ ގުޅޭގޮތުންވެސް މަންމަ ވާހަކަ ދައްކާ ކަމަށް ކޯޗު ބުނެފައި ވެއެވެ.

އަރަބް ކަޕްގައި ފަލަސްތީނުގެ ގައުމީ ޓީމު ހޯދަމުންދާ ކާމިޔާބީއަށް އިޝާރާތްކޮށް ކޯޗު ބުނެފައިވަނީ، މިކަމުން، ފަލަސްތީނު ރައްޔިތުންނަށް ދުނިޔޭގައި ހަމަޖެހިލައިގެން އުޅެވޭނެ ފުރުސަތު ލިބިއްޖެނަމަ ހުރިހާ މައިދާނެއްގައި ކުރިއަރައިދާނެކަން ހާމަވެގެންދާ ކަމަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ބޯޑް އޮފް ޕީސްވެސް ނަތަންޔާހޫއާ އެއްކޮޅަށް، ޓްރަމްޕްގެ ކިބައިން ހަމާސްއިން އެދެނީ މައްސަލަ ސާފުކޮށްދިނުމަށް

24 ގަޑިއިރުތެރޭ ޣައްޒާއިން 19 މީހުން ޝަހީދުކޮށްލައިފި، އުދުވާނު އަދިވެސް ފުޅާކުރަނީ

ޣައްޒާގައި ލޭއޮހޮރުވުންބޮޑު ރެއެއް، 4 އާއިލާއެއް އެއްކޮށް ވުޖޫދުން ފޮހެލައިފި