ކުއްލި ޚަބަރު

ހިޔާ ޓަވަރެއްގައި ރޯވެގެން އިމާރާތުން މީހުން ނެރެފި

ބީއެމްއެލް އިން ތިލަފުށީގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުފަތުރުން ގުޅާލައިފި

ތިނަދޫ ސިޓީއަށް ވާރޭވެހި، ގެތަކަށް ފެން ވަދެ ގެއްލުންތަކެއް

ތިނަދޫ ސިޓީއަށް ބޯކޮށް ވާރޭވެހި، ގެތަކަށް ފެން ވަދެ، ގެއްލުންތަކެއްވެފައިވާކަމަށް ތިނަދޫ ސިޓީގެ މޭޔަރ ސަޢުދު ޢަލީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތިނަދޫ ސިޓީގެ މޭޔަރ ސަޢުދު ޢަލީ ވިދާޅުވީ ރެއިންސުރެ ތިނަދުއަށް ކުރަމުންދާ ވިއްސާރާގައި ގިނަ އަދަދެއްގެ ގެތަކަށް ފެން ވަދެ އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އަދި މިހާރު ފުލުހުންނާއި އެމްއެންޑީއެފާއި އާންމު ރައްޔިތުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ސަޢުދު ވިދާޅުވީ ފެން ބޮޑުވުމާ ގުޅިގެން އާންމު ހާލަތަށް އަދި އައިސްފައިނުވާ ކަމަށެވެ. އަދި ލިބުނު ގެއްލުންތައް އެސެސްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވީ ރެއިން ފެށިގެން މިއަދު ހެނދުނު 8:30އާ ހަމައަށް ބޯކޮށް ވާރޭވެހި، ގެތަކަށް ފެން ވަދެ ބައެއް ގެތަކުން ކަރަންޓު ކެނޑުނުކަމަށް ތިނަދޫ ސިޓީން ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިވަގުތު ވާރޭ ހުއްޓާލާފައިވާކަމަށާއި ގެއަކުން މީހުން ބަދަލުކުރަންޖެހޭ ހާލަތެއް ދިމާވެފައިނުވާކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވިއްސާރަކޮށްފައިވަނީ ގދ. އަތޮޅުގެ ރަށްރަށަށެވެ. އެގޮތުން އެންމެ ބޯކޮށް ވިއްސާރަކުރީ ގދ. ކާޑެއްދޫއަށާއި ގދ. ފަރެސްމާތޮޑާއަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު، އުތުރާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި މެދު ރާއްޖެ ތެރޭގެ ބައެއް ރަށްރަށަށް ކެރީގެ އަސަރުކުރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.

އެ އިދާރާއިން ލަފާކުރައްވާ ގޮތުގައި އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގައި އާދައިގެ ވަރަކަށް ކަނޑުތައް ގަދަވި ނަމަވެސް، ދެކުނުގައި އާދައިގެ ވަރަކަށް މަޑުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Izaam

ތިނަދޫ ސިޓީގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް ކާމިޔާބު ކުރެއްވީ ސައުދު އަލީ

ތިނަދޫ ސިޓީ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓް އަޖީބަށް

މޯލްޑިވްސް ސުނާމީ ރެޑީ ބޯޑު އެކުލަވާލައިފި

thinadhoo

ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ

TTH_advertisement