ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިނަދޫ ސިޓީގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް ކާމިޔާބު ކުރެއްވީ ސައުދު އަލީ

Izaam
TTH_Ads
STO_Ads
Advertisement

އިދިކޮޅު އެމްޑީޕީގެ ފަރާތުން ތިނަދޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވުމުގެ ޓިކެޓް ސައުދު އަލީ ހޯއްދަވައިފިއެވެ.

އިއްޔެ ބޭއްވި ޕްރައިމަރީ ކުޑަ ތަފާތަކުން ސައުދު ވަނީ ކާމިޔާބު ކުރައްވާފައެވެ. ސައުދު އަލީ އަށް 462 ވޯޓު ލިބިވަޑައިގަތްއިރު، އޭނައާ ވާދަކުރެއްވި އަހްމަދު ނަސީރަށް ލިބިވަޑައިގަތީ 418 ވޯޓެވެ.

އަހްމަދު ނަސީރަކީ ތިނަދޫ ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.

MMA_Ads
HajjCop_ads
Advertisement

އެ ބޭފުޅުންގެ ތެރެއިން ސައުދު އަލީ އަކީ ކޮރަޕްޝަންގެ އެތައް މައްސަލައެއް އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ބޭފުޅެކެވެ. ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އަންނަނީ އޭނާގެ މައްސަލަތައް ތަހުގީގު ކުރަމުންނެވެ.

ތިނަދޫގެ މޭޔަރު ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަނީ ތިނަދޫގެ އެތައް ރައްޔިތުންގެ ލޯތްބާއި އިހްރިރާމް ލިބިވަޑައިގެންފައިވާ ތައުލީމީ ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކުރައްވަމުން ގެންދަވާ މުހައްމަދު އަޖީބެވެ.

 

MPL_Ads
MWSC_ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mdp

އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި

H6txovzbmjojwefnjhdb

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޮޑު ތަފާތަކުން ރައީސް ނަޝީދު އިންތިހާބުވެވަޑައިގެންފި

WhatsApp Image 2026 06 12 at 17.12.31

ރިޔާސީ އިންތިޚާބުގައި ވާދަކުރުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް ސޯލިހު ވިދާޅުވެއްޖެ

Sstv FORM FOR EC

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އޮޅުވާލުންތަކެއް ހުރިކަމަށް މީކާއިލް ތުހުމަތުކުރައްވައިފި