ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޯލްޑިވިއަނުން އެއަރ އިންޑިއާ އާއެކު އެއްބަސްވުމެއް

Maldivian_Ads
STO_Ads
TTH_Ads
Advertisement

ދިވެހިރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަންއާއި، އެއަރ އިންޑިއާއާއި ދެމެދު ދަތުރުފަތުރުގެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް އެއްބަސްވުމެއް ޤާއިމްކޮށްފިއެވެ.

މިއީ، ސަރަޙައްދީ އަދި އެތެރޭގެ އުދުހުންތަކުގައި ފަސެންޖަރުންގެ ދަތުރުފަތުރުގެ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ޤާއިމްކުރި އެއްބަސްވުމެއް ކަމަށް މޯލްޑިވިއަނުން ވަނީ ވިދާޅުވެފައެވެ.

މި އެއްބަސްވުމުގެ ދަށުން އެއަރ އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންނަށް، މޯލްޑިވިއަންއިން ރާއްޖޭގެ 16 ސަރަހައްދަކަށް ދަތުރުކުރާ ފްލައިޓްތަކުގައި ފަސޭހަކަމާއިއެކު ދަތުރުކުރެވޭނެ މަގު ފަހިވެގެންދާނެއެވެ. މީގެ އިތުރުން މި ބައިވެރިވުމުގެ ސަބަބުން މޯލްޑިވިއަންއިން އިންޑިއާއަށް ކުރާ ދަތުރުތަކުގައި ދިއްލީއާއި، މުމްބާއީ ފަދަ ސިޓީތަކުން އިތުރު ފަސެންޖަރުން ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

HajjCop_ads
Advertisement

މިކަމުގެ ސަބަބުން އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުކުރާ ފަސެންޖަރުންނަށް ވައިގެ ދަތުރުފަތުރުގެ ގުޅުންތަކާއި، ލިބޭ ފަސޭހަތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް މޯލްޑިވިއަނުން ވަނީ ވިދާޅުވެފައެވެ.

މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވީ، މި ބައިވެރިވުމަކީ ދިވެހިރާއްޖެއަށް ދަތުރުތައް ކުރުމަށް އިތުރަށް ފަސޭހަ ކުރުމަށާއި، މާލެ ފިޔަވައި އެހެން އަތޮޅުތަކަށް ދަތުރުކުރާ ފަސެންޖަރުންނަށް ގުޅުންތައް ފަހިކޮށްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ. މިއާއިއެކު ދެ ޤައުމުގެ ފަތުރުވެރިކަމާއި، ވިޔަފާރިއާއި، ދަތުރުފަތުރުގެ ދާއިރާއަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެއަރ އިންޑިއާގެ ޗީފް ކޮމާޝަލް އޮފިސަރ ނިޕުން އަގަރަވާލް ވިދާޅުވީ، އިންޑިއާގެ ފަތުރުވެރިންނަށް ދިވެހިރާއްޖެއަކީ އަބަދުވެސް އެންމެ މަޤުބޫލު މަންޒިލް ކަމަށެވެ. އަދި މި އެއްބަސްވުމާއިއެކު އެއަރ އިންޑިއާގެ ފަސިންޖަރުންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރުމުގެ ފުރުސަތު ލިބި، ފަސޭހަވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބައިވެރިވުމާއިއެކު ދެ އެއަރލައިންގެވެސް ސަރަޙައްދީ އެއްބާރުލުން އިތުރުކުރެވި، ނެޓްވޯކް ގުޅުންތައް ހަރުދަނާވެ، ދަތުރުފަތުރުގެ ފަސޭހަތައް ލިބި ކަސްޓަމަރުންނަށް ލިބޭ ތަޖުރިބާ ރަނގަޅު ވެގެންދާނެ ކަމަށް މޯލްޑިވިއަނުން ވަނީ ވިދާޅުވެފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

މޯލްޑިވިއަންގެ ފްލީޓަށް އެއަރބަސް ދެ ބޯޓު ހޯދުމަށް އިއުލާނުކޮށްފި

މޯލްޑިވިއަންގެ ހިންގުމަށް ގެނައި ބަދަލުތަކުގެ ރަނގަޅު ނަތީޖާދަނީ ފެންނަމުން: އަމީން

ލަގްޒަރީ ފެންވަރުގެ ޚިދުމަތްތަކާއެކު މޯލްޑިވިއަންގެ އައު ސީޕްލޭން ޓާމިނަލް ހުޅުވައިފި

Maldivian

ބޮޑު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް ބެންކޮކަށް