ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލަންކާއަށް އެހީވުމަށް އެމްޓީސީސީން އެއް ލައްކަ ރުފިޔާ

B 202512010114251764533665.1286
STO_Ads
TTH_Ads
Advertisement

ސްރީ ލަންކާއަށް އެހީވުމުގެ ގޮތުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ރާއްޖޭގެ ބައެއް މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ “ސިލޯނާއެކު ދިވެހީން” ޓެލެތޯންގެ ފަންޑަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

ޕީއެސްއެމުން އިސްނަގައިގެން ކުރިއަށްގެންދާ އެ ޓެލެތޯނަކީ ބާރުގަދަ ތޫފާނެއް ކަމުގައިވާ “ދިތުވާ” އާ ގުޅިގެން އަވަށްޓެރި ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެގައުމަށް ބޮޑެތި ގެއްލުންތަކެއްވެ، ގިނަ ބަޔަކު މަރުވުމާ އެކު އެތައް ބަޔަކު ހާލުގައި ޖެހިފައިވާތީ، އެގައުމަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ ޓެލެތޯނެކެވެ.

އެމްޓީސީސީގެ ފަރާތުން ހަދިޔާކުރާ ފައިސާގެ އެހީ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ސީނިއާ ޖެނެރަލް މެނޭޖަރު ފާތިމަތު ޖަބީނެވެ. ފައިސާ ހަވާލުކުރުމަށް ބޭއްވި އެ ހަފުލާގައި އެ ކުންފުނީގެ ބައެއް މުވައްޒަފުން ވެސް ބައިވެރިވިއެވެ.

HajjCop_ads
MMA_Ads
Advertisement

އެ ޓެލެތޯންގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީނިއާ ޖެނެރަލް މެނޭޖަރު ފާތިމަތު ޖަބީން ވަނީ، އެ ކުންފުނީގެ މެނޭޖުމަންޓާއި މުވައްޒަފުންގެ ފަރާތުން، ލަންކާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ތައުޒިޔާ ފޮނުވައިފައެވެ. އަދި މި ދަތި ދަނޑިވަޅުގައި ލަންކާގެ ރައްޔިތުންނާއެކު ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޓެލެތޯން ކުރިއަށްގެންދިއުމަށް ކުރިން ނިންމާފައިވަނީ މިއަދު ހެނދުނު 9:00 އިން މިރޭ މެންދަމު 1:00 އާ ހަމައަށެވެ. ނަމަވެސް ގިނަ ބަޔަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން މާދަމާ މެންދުރު 2:00 އާ ހަމައަށް ޓެލެތޯން ކުރިއަށްގެންދިއުމަށް މިހާރު ވަނީ ނިންމައިފައެވެ.

އެ ޓެލެތޯންގެ ފަންޑަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް އަދި ގިނަ އަދަދެއްގެ އާންމުން ވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ޓެލެތޯންގެ ފަންޑަށް މިހާތަނަށް ވަނީ 3.8 މިލިއަން ރުފިޔާ އާއި 38،500 އަށްވުރެ ގިނަ ޑޮލަރު ލިބިފައެވެ.

ޓެލެތޯނަށް އެހީވުމަށް

ބީއެމްއެލް ޓްރާސްފާ ނަމްބަރު (ރުފިޔާ) 7730000796107

ބީއެމްއެލް ޓްރާސްފާ ނަމްބަރު (ޑޮލަރު) 7730000796106

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

 ވީއައިއޭގެ މަގު މަރާމާތުކުރުމަށް ބަސް ރޫޓަށް ބަދަލުގެނެސްފި

ފިނޭގައި ތަރައްޤީކުރި ޕޮލިސް ސްޓޭޝަން ހުޅުވައިފި

H6txovzbmjojwefnjhdb

ބޮޑުތަކުރުފާނު މަގުގެ ބަންދުކޮށްފައިވާ ސަރަހައްދަށް ފެރީ ލެފޭނެ އިންތިޒާމު ހަމަޖައްސައިފި

Sstv FORM FOR EC

ބޮޑުތަކުރުފާނު މަގުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި