ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު މާދަމާ ހުޅުވާލެ: ފަލާހު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަން އިޢުލާނުކުރެއްވީ އެ އިންތިޚާބަށް އެ ޕާޓީން ކަނޑައެޅި ކެމްޕޭނު މެނޭޖަރު، އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހް ވިދާޅުވީ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުޞަތު މާދަމައިން ފެށިގެން 15 ޑިސެމްބަރުގެ 18:00 އާއި ހަމައަށް ހުޅުވާލެވިފައިވާކަމަށެވެ.

ފަލާހް ފާހަގަކުރެއްވި ގޮތުގައި ޕްރައިމަރީ ވޯޓުލުން ކުރިއަށްގެންދަން ނިންމާފައިވަނީ 27 ޑިސެމްބަރުގައެވެ. އަދި ޕްރައިމަރީގައި އެ ރަށަކަށް ނިސްބަތްވާ ފޮށި މާލޭގައި މިފަހަރު ނުބަހައްޓާނެ ކަންވެސް ފަލާހު ފާހަގަކުރެއްވިއެވެ.

ފަލާހް އިތުރަށް ވިދާޅުވީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ޕާޓީގެ ހަމަ ކޮންމެ މެންބަރަކަށް ލިބިފައިވާކަމަށާއި 15 ޑިސެމްބަރުގެ ކުރިއަށް ޕާޓީއާއި ގުޅިވަޑައިގަންނަވާ ފަރާތްތަކަށްވެސް އެ ފުރުޞަތު އޮންނާނެ ކަމުގައި ވިދާޅުވިއެވެ. އަދި ދެ ކެނޑިޑޭޓަކަށްވުރެ އިތުރަށް ކެނޑިޑޭޓުން ކުރިމަތިލާ ކޮންމެ ދާއިރާއެއްގައިވެސް ޕްރައިމަރީ ކުރިއަށްދާނެކަން ފަލާހް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

އައްޑުއަށް ނިސްބަތްވާ އެމްޑީޕީގެ އިސް ފަރާތްތަކެއް ޕީއެންސީއާ ގުޅިއްޖެ

އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން: ރައީސް

PNC

ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޯބަރުގައި ބާއްވަނީ

Oo

އެމްޑީޕީ ކެންޑިޑޭޓުން އިންތިހާބުވެއްޖެނަމަ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ: ނައިބު ރައީސް