ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިއްދޫ އިސްލާމީ މަރުކަޒު ކައުންސިލާއި ހަވާލުކޮށްފި

ހއ. ދިއްދޫ އިސްލާމީ މަރުކަޒު ކައުންސިލާއި ޙަވާލުކޮށް ބެލެހެއްޓުމުގެ އިންތިޒާމްތަކާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ދިއްދޫ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ދިއްދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ޢަބުދުﷲ ރަޝީދެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ.

ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު ހުޅުވާފައި ވަނީ އިއްޔެ (28 ނޮވެމްބަރު 2025) ގައެވެ.

މި މަރުކަޒު ތަރައްގީކޮށްފައި ވަނީ މިސްކިތަކާއި، އިސްލާމީ ކުތުބުޚާނާ އަކާއި، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕަކާއި، މަލްޓި ޕާޕަސް ހޯލަކާއި، ފަސް ކްލާސް ރޫމާއި، ސެމިނަރ ރޫމާއި، އޮފީސް އިމާރާތް އަދިި ސައިކޮޓަރި ހިމެނޭހެންނެވެ.

ދިއްދޫގައި ގާއިމުކުރި އިސްލާމީ މަރުކަޒުގެ މިސްކިތް ނިސްބަތްކޮށްފައި ވަނީ މާލޭގެ އިސްލާމީ މަރުމަޒުގެ މުވައްޒަފެއްގެ ގޮތުގައި ހުއްޓައި ނޮވެންބަރު 3 ގައި ޝަހީދުވި އެރަށު ޝަހީދު ޢުމަރު އަޙްމަދުގެ ނަމަށެވެ.

1500 މީހުނެގެ ޖާގައިގެ މި އިސްލާމީ މަރުކަޒު ހުޅުވާފައިވަނީ ހުރިހާ ވަސީލަތެއް ޤާއިމްކޮށް ފުރިހަމަ ކުރުމަށްފަހުގައެވެ. އަދި އިސްލާމީ މަރުކަޒުގެ ބޭނުން ކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ލިފްޓުވެސް ވަނީ ހަރުކޮށްފައެވެ.

2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއަށް މުޅި ޖުމްލަ 50.8 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ކުރިން ސަރުކާރުން ބުނެފަވެއެވެ. އާރުސީސީން މިތަން އިސްލާމިކް މިނިސްޓްރީ އާއި ހަވާލުކޮށްފައި ވަނީ 27 ނޮވެމްބަރު 2025 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ސައުދީން ހަދިޔާކުރި މުސްޙަފްތައް އަލަށް ހުޅުވި މިސްކިތްތަކަށް ހަދިޔާކޮށްފި

767

ފްލައިޓެއް ޗާޓަރުކޮށް، ނުފުރިތިބި 164 މީހުން ޢުމްރާއަށް މިރޭ ފުރުވާލަނީ

WhatsApp Image 2026 03 03 at 15.12.34

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

Mussss

ހަނގުރާމައާ ގުޅިގެން ދިވެހި އުމްރާވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި