ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

ލަންކާއަށް އެހީވުމަށް ޕީއެސްއެމްއިން ޓެލެތޯނެއް ކުރިއަށްގެންދަނީ

ރާއްޖެއާ އެންމެ ގާތް ގުޅުމެއް ޒަމާނުއްސުރެ އޮންނަ އަވަައްޓެރި ސްރީލަންކާއަށް ތޫފާން ދިތުވާއާގެ ސަބަބުން ކުރަމުންދާ ގަދަ ވިއްސާރައިގަ ލިބެމުންދާ ބޮޑެތި ގެއްލުންތަކާ ގުޅިގެން އެ ގައުމަށް އެހީވުމަށް ހާއްސަ ޓެލެތޯނެއް ކުރިއަށްގެންދިއުމަށް ދައުލަތުގެ މީޑިޔާ ޕަބްލިސް ސާވިސް މީޑިޔާ (ޕީއެސްއެމް)އިން ނިންމައިފިއެވެ.

ލަންކާއަކީ ޒަމާނުއްސުރެ ދިވެހިންނާ އެންމެ ގާތް ގުޅުމެއް އޮންނަ ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ އެއް ގައުމަށްވާއިރު، މިހާރުވެސް ގިނަ އަދަދަކަށް ދިވެހިން ލަންކާގައި އެކި ބޭނުންތަކުގައި ދިރިއުޅެއެވެ. ކިޔަވާ ކުދިންނާއި ބޭސްފަރުވާ ހޯދުމަށް ލަންކާއަށް ގޮސް އެގައުމުގައި ދިރިއުޅޭ މީހުން އޭގެ ތެރޭގައި ހިމެނެއެވެ.

އެގައުމަށް ކުރިމަތިވި މޫސުމީ ކާރިސާގައި އެ ގައުމުގެ ބޮޑު ބައެއްގައި ފެންބޮޑުވެ، ވަރަަށް ގިނަ ސަރަހައްދުތަކުން ބިން ކަނޑައިގެން ދިއުމުގެ ސަބަބުން ދަތުރުފަތުރުކުރުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވެ، އެތައް ބަޔަކު މަރުވެފައިވާއިރު، އެގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ބައިނަލްއަގުވާމީ މުޖުތަމަައުން އަންނަނީ ކުރަމުންނެވެ.

ސްރީ ލަންކާއަށް އެހީވުމަށް ޕީއެސްއެމްއިން ބާއްވާ ޓެލެތޯން އޮންނާނީ 30 ނޮވެންބަރު 2025 ވަނައަށްވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން މެންދަމު 1:00 އާ ދެމެދުގައެވެ.

ޕީއެސްއެމްއިން އިސްވެ ކުރިއަށްގެންދާ ޓެލެތޯނުގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ނޫސްތަކާއި ޓީވީތަކަށް އެ ކުންފުނިން ދައުވަތު ދީފައިވެއެވެ. އަދި އާއްމުންނާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި، އޮފީސްތައް ފަދަ ހުރިހާ ތަނަކަށްވެސް މި ޓެލެތޯނުގައި ބައިވެރިވެވޭނެއެވެ.

ރާއްޖެއާ ޒަމާނުއްސުރެ އެންމެ ގާތް ގުޅުން އޮންނަ ގައުމުތަކުގެ ތެރޭގައި ގުނައިލެވޭ ސްރީލަންކާ ރައްޔިތުންނަކީ ސަގާފީ ގޮތުންވެސް ދިވެހިންނާ ވަރަަށް ގާތް އެކުވެރި ބައެކެވެ. އަދި ގިނަ އަދަދެެއްގެ ދިވެހިން ލަންކާގައި ދިރިއުޅޭ ފަދައިން ލަންކާ ގިނަ އަދަދެއްގެ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ރާއްޖޭގައި ދިރިއުޅެއެވެ.

ސަރުކާރުންވަނީ ލަންކާއަށް އެހީތެރިވުމުގެ ގޮތުން 50،000 އެމެރިކާ ޑޮލަރާއި، 25،000 މަސްދަޅު ހަދިޔާކުރަން ނިންމާފަައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަސްޓަމްސްގެ މުވައްޒަފުންގެ ފަރާތުން ލަންކާއަށް 135،700 ރުފިޔާ ހަދިޔާކޮށްފި

411714 60953d44 6

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޝަކީބު އައްޔަންކޮށްފި

ލަންކާގައި އުޅޭ ދިވެހިން އަސާސީ ސާމާނު ހަދިޔާކޮށްފި

ރާއްޖެއިން ހަދިޔާކުރި 25،000 މަސްދަޅު ކޭސް ލަންކާއާ ރަސްމީކޮށް ޙަވާލުކޮށްފި

TTH_advertisement