ކުއްލި ޚަބަރު

އެއްވެސް މީހެއްގެ އަބުރު ކަތިލުމުގެ ފުރުސަތެއް މި ސަރުކާރުން ނުދޭނެ: ރައީސް

ޤައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުވާން އޮތީ ހުރިހާ ރައްޔިތުންވެސް އަމިއްލަ ނަފުސަށް ތެދުވެރިވެގެން: ރައީސް

ފެނަކަ ބިލުތަކުން ސަބްސިޑީ ދޭނެކަމަށް ބުނެ ސްކޭމެއް ހިންގާތީ ސަމާލުވުމަށް އެދިއްޖެ

ވީއައިއޭ ޑިޖިޓަލައިޒްކުރުމަށް “ސީނެކްސް” ޕްރޮގްރާމް އިފުތިތާހުކޮށްފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމުގެ ގޮތުން، ސީނެކްސް ޕްރޮގްރާމް އިފްތިތާކޮށްފިއެވެ.

ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކުގެ މަސައްކަތް ޑިޖިޓަލައިޒްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ޚާއްސަ ސިޔާސަތެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް، ވީއައިއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސީނެކްސް ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ، އެމްއޭސީއެލްގެ އެގްޒެކެޓިވް ޑިރެކްޓަރ އިބްރާހީމް މަހުދީއެވެ.

ސީނެކްސް ޕްރޮގްރާމަކީ، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ސޮފްޓްވެއަރ ކުންފުނިތައް، ކުރިއެރުވުމަށް އެމްއޭސީއެލްއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ސީނެކްސް ޕްރޮގްރާމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރުވެސް މިހާރުވެސް ވީއައިއޭގެ ޚިދުމަތްތައް ވަރަށް ބޮޑަށް ޑިޖިޓަލައިޒްކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް އެއީ އަދި ފެށުމެއްކަމަށާއި، ކުރިއަށްއޮތްތާނގައި ވީއައިއޭގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް މިޙާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދަވާކަން އިބްރާހީމް ޝަރީފް ފާހަގަކުރެއްވިއެވެ.

” އަޅުގަނޑުމެން މިހާރުވެސް ކުރިއާ އަޅާބަލާފަ މިހާރުވެސް ވަރަށް ބޮޑަށް ޑިޖިޓަލައިޒްވެއްޖެ. އެހެންނަމަވެސް އެއީ ހަމަ ފެށުމެއް. އެމްއޭސީއެލްއަކީ، ފުދޭވަރެއްގެ ޕްރޮފިޓަބަލްވެސް ކުންފުންޏެއް. އަޅުގަނޑުމެން އަމިއްލަ ޒާތުގައި ޑިވެލޮޕާސް ހަޔަރ ކޮށްގެން މިކަން ކުރުމުގެ ޤާބިލިއްޔަތު އެބަހުރި”. އިބްރާހީމް ޝަރީފް

ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޚާއްސަ ސިޔާސަތުގެ ދަށުން، ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ފައްޓަވާފައިވާ އެންމެ މުހިއްމު މަޝްރޫޢަކީ “މޯލްޑިވްސް 2.0″އެވެ.

މި މަޝްރޫޢުގެ ދަށުން ސަރުކާރުގެ އެކި ކުންފުނިތަކާއި އިދާރާތަކާއި ވުޒާރާތަކުގެ މަސައްކަތްތައް މިހާރުވެސް އަންނަނީ ޑިޖިޓަލައިޒްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވީއައިއޭގެ ޓާމިނަލް 1 އިން ޖަރުމަނުގެ ކޮންޑޯއަށް ހިދުމަތް ދޭން ފަށައިފި

ވީއައިއޭގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތައް 4.4 ޕަސެންޓް އިތުރުވެއްޖެ

Whatsapp image 2025 11 04 at 17.28.57

ވީއައިއޭގެ އާ ޓާމިނަލުން އެޑެލްވައިސް އެއާއަށް ހިދުމަތްދޭން ފަށައިފި

ވީއައިއޭގެ އައު ޓާމިނަލަށް 22 އެއަރލައިނެއްގެ ޚިދުމަތް ބަދަލުކޮށްފި

TTH_advertisement