ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނުރައްކާތެރިކޮށް ދުއްވާނަމަ ޖަލަށްލެވޭގޮތް ހަދަނީ

Ii
TTH_Ads
STO_Ads
Maldivian_Ads
Advertisement

ނުަރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވައިގެން މީހުންނަށް ގެއްލުން ލިބޭ ހާލަތްތަކުގައި ޖަލު ހުކުމް އަންނަގޮތަށް ހެދުމަށް އެއްގަމު ދަތުރުފަތުރާ ބެހޭ އާ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެންބަރު ޝާމިން ހަބީބެވެ.

އެ ބިލްގައިވާގޮތުން ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމަކީ ޖިނާއީ ކުށެކެވެ.

HajjCop_ads
Advertisement

އެފަދަ ގޮތަކަށް ދުއްވައިގެން މީހަކު މަރުވެއްޖެ ނަމަ 20 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރެވޭނެއެވެ.

އެފަދަ ގޮތަކަށް ދުއްވައިގެން މީހަކަށް ބޮޑު އަނިޔާއެއް ލިބިއްޖެ ނަމަ 10 އަހާރައި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރެވޭނެއެވެ.

އެފަދަ ގޮތަކަށް ދުއްވައިގެން މީހަކަށް އެއްވެސް ވަރެއްގެ އަނިޔާއެއް ލިބިއްޖެނަމަ 5 އަހާރައި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރެވޭނެއެވެ.

އެފަދަ ގޮތަކަށް ދުއްވައިގެން މީހަކަށް އަނިޔާއެއް ނުވިއަސް އެކްސިޑެންޓެއް ވެއްޖެނަމަ 25،000ރ. އާއި 100،000ރ.އާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެ ބިލްގައިވެއެވެ.

ކުށްކުރި މީހާއަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތުމުގެ ހައްގު އަތުލެވޭ ހާލަތްތަކެއް ވެސް އެ ބިލްގައި ހިމަނާފައިވެއެވެ. އެގޮތުން ލައިސެންސެއް އޮތް ނަމަ ބާތިލްކުރެވޭނެއެވެ. އަދި ލައިސެންސެއް ނެތް ނަމަ ލައިސެންސަށް އެދި ހުށަހެޅުން މަނާވާނެއެވެ.

މީގެއިތުރުން ވެސް މިފަދަ މައްސަލަތަކުގައި އަމަލުކުރާނެ އިތުރު ގޮތްތައް ތަފްސީލީ ގޮތެއްގައި އެ ބިލްގައި ބަޔާންކޮށްފައިވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސޯސަންމަގުގައި ހިނގި އެކްސިޑެންޓުގައި ނިޔާވި މާހިދާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ

B 202609210239541789940394.642

ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

Sinamale' bridge

ސިނަމާލެ ބްރިޖްގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި