ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރެފިކް ޖޫރިމަނާ ނުދައްކާނަމަ ތަޅު އަޅުވަން ފުލުހުންނަށް ބާރުދެނީ

police
TTH_Ads
STO_Ads
Advertisement

ޓްރެފިކްގެ ގާނޫނުތަކާ ހިލާފަށް އަމަލުކުރުމުގެ ސަބަބުން ކުރާ ޖޫރިމަނާ ނުދައްކާ އުޅަނދު ފަހަރު ބޫޓުކޮށް، (ތަޅު އަޅުވައި) ހިފެހެއްޓުުމުގެ ބާރު ފުލުހުންނަށް ދޭގޮތަށް އެއްގަމު ދަތުރު ފަތުރުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އާ ގާނޫނެއް އެކުލަވާލުމުގެ ގޮތުން ސަރުކާރުގެ ފަރާތުން މި މިބިލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާމިން ހަބީބެވެ.

ބިލްގައިވާގޮތުން ތްރެފިކް ޖޫރިމަނާގެ އަދަދު 5،000 ރުފިޔާ އަށް ވުރެ ބޮޑުވެއްޖެ ނަމަ ޖޫރިމަނާގެ ފައިސާ ދައްކާ ހަލާސްކުރަންދެން، އެ ޖޫރިމަނާއާ ގުޅޭ އުޅަނދު ފުލުހުން ބޫޓް ކުރަންވާނެއެވެ.

MMA_Ads
HajjCop_ads
Advertisement

އުޅަނދެއް ބޫޓްކުރާތާ 72 ގަޑިއިރު ތެރޭގައި ޖޫރިމަނާ ނުދައްކައިފި ނަމަ، އެ އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭނެ ކަމަށާއި އުޅަނދު އޭގެ ވެރިފަރާތަށް އަނބުރާ ދޫކުރެވޭނީ ޖޫރިމަނާ ދައްކައި ނިންމުމުން ނުވަތަ އެ ދައްކާނެ ގޮތަކާ މެދު އެއްބަސްވުމުން ކަމަށް މި ބިލްގައި ވެއެވެ.

މީގެ އިތުރުން ވެސް އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ހާލަތްތައް ބިލުގައި ބަޔާންކުރެއެވެ.

އޭގެ ތެރޭގައި ގަަވައިދާ ހިލާފަށް ޕާކްކޮށްފައި ހުރުމާއި އުޅަނދެއް ޓޯކުރެވިދާނެ ކަމަށް ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާން ކުރާ ހާލަތްތައް ހިމެނެއެވެ.

ފުލުހުން ހިފަހައްޓާ އުޅަނދަކާ އޭގެ ވެރިފަރާތުން ހަވާލު ނުވެ އެއް މަސް ވެއްޖެ ނަމަ، އެ އުޅަނދުގެ މައުލޫމާތު ގެޒެޓްކޮށް ފުލުހުން އެކަން އާންމުކުރަން ޖެހޭނެ ކަމަށާއި އޭގެ ފަހުން 60 ދުވަހުގެ މުހުލަތެއް ވެރިފަރާތަށް ދޭން ޖެހޭނެ ކަމަށްވެސް ބިލްގައިވެއެވެ.

އެ މުއްދަތުގައި އުޅަނދު ވެރިފަރާތުން ހަވާލު ނުވެއްޖެ ނަމަ، އުޅަނދު ނައްތާލުން ނުވަތަ ނީލަން ކިޔުމުގެ އިހްތިޔާރު މި ބިލުން ފުލުހުންނަށް ވަނީ ދީފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
MMA_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Gj1c2swbeaapqgl

އާޓިފިޝަލް ބީޗު ސަރަހައްދުގައި ޕާކުކުރާ އުޅަނދުތައް ވެސް ޓޯކުރަން ނިންމައިފި