ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ

thinadhoo

ގދ. ތިނަދޫ ސިޓީގެ ރަށްވެހިން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ދައްކަންޖެހޭ ގޮތަށް އެ ރަށު ކައުންސިލުން ހަދައިފިއެވެ.

ތިނަދޫއިން އިއްޔެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ ރަށުގެ އާބާދީ ހިފެހެއްޓުމުގެ މަގުސަދުގައި، ރަށްވެހިކަމުން އުނިވާ ފަރާތްތަކުގެ އަތުން 5،000 ރުފިޔާގެ ފީއެއް ނެގުމަށް ކައުންސިލުން ފާސްކޮށްފައިވާ ނިންމުމާ ގުޅޭ އިޖުރާއަތުތައް ފުރިހަމަނުކޮށް ފީ ނަގަމުންދާތީ އެކަން އިސްލާހު ކުރަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގާފައިވާ ކަމަށެވެ.

އެލްޖީއޭގެ އެންގުމުގެ ސަބަބުން 5،000 ރުފިޔާގެ ފީ ނެގުން ހުއްޓާލައި، ފީ ނެގުމާ ގުޅޭ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ ގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ރައްޔިތުންގެ ބައްދަލުވުމެއް ބާއްވައިފައިވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ރަށްވެހިކަމުން އުނިކުރުމުގެ ފީގެ ގޮތުގައި ނަގާނެ އަދަދުތަކުގެ ގޮތުގައި 0 އިން ފެށިގެން 5،000 ރުފިޔާއާ ދެމެދު ފީ ހިމެނޭ ގޮތަށް އިހުތިޔާރު ދެވިފައިވާ ގޫގުލް ފޯމެއް މެދުވެރިކޮށް، ރައްޔިތުންގެ ހިޔާލަށް މި މައްސަލަ ހުށަހަޅާފައިވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ބައްދަލުވުމުގެ ގިނަ ބައިވެރިންނަށް ފެނުނީ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނެގުމަށް ކަމަށް ކައުންސިލުން ބުންޏެވެ.

“ވީމާ، 16 ނޮވެމްބަރު 2025 އިން ފެށިގެން ތިނަދޫސިޓީގެ ރަށްވެހިކަމުން އުނިކުރަން އެދޭ ފަރާތްތަކުން އިދާރީ ފީއެއްގެ ގޮތުގައި 5،000 ރުފިޔާގެ ފީއެއް ނަގަން ހަމަޖެހިފައިވާ ވާހަކަ އާންމުކޮށް އަންގާ އިއުލާނު ކުރީމެވެ” ތިނަދޫ ކައުންސިލުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Izaam

ތިނަދޫ ސިޓީގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް ކާމިޔާބު ކުރެއްވީ ސައުދު އަލީ

ތިނަދޫ ސިޓީ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓް އަޖީބަށް

ތިނަދޫ ސިޓީއަށް ވާރޭވެހި، ގެތަކަށް ފެން ވަދެ ގެއްލުންތަކެއް

ތިނަދޫ ސިޓީގައި ސައިކަލުންޖެހުނު ކުއްޖާގެ ހާލު އަންނަނީ ރަނގަޅު ވަމުން

TTH_advertisement