ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރީނދުލާއި އޮރެންޖެ ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފި

moosun

ރީނދޫ ސަމާލާއި އޮރެންޖެ ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސް ވާނެކަމަށް ގައުމީ މޫސުމާބެހޭ އިދާރާ، މެޓުން ލަފާކޮށްފައިވާ ކަމަށެވެ. މުޅިރާއްޖެއަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށްވެސް މެޓުން ލަފާކޮށްފައިވާ ކަމަށެވެ.

އެހެންވެ ކަނޑުމަގުން ކޮންމެހެން ކުރާން ޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

“އަދި މޫސުމާބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރެއްވުމަށްވެސް އިލްތިމާސްކުރަމެވެ.” އެމްއެންޑީއެފު

ޑައިވިން އަދި ވޯޓާ ސްޕޯޓްސްގެ ހިދުމަތް ދޭ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ދަތުރުކުރާ އުޅަނދުތަކުން ލައިފް ޖެކެޓާއި، މުވާސަލާތީ ނިޒާމު ހުރީ ރަނގަޅަށްތޯ ޗެކް ކުރަން ޖެހޭނެ ކަމަށެވެ.

އުޅަނދަށް މުދާ އެރުވުމުގައި އެކަށީގެންވާ ވަރަށްވުރެ އިތުރަށް މުދާ އަރުވައި އުޅަނދު ބަރު ނުކުރުމަށްވެސް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެއެވެ. ދިޔަހިއްކާ ޕަންޕުފަދަ ތަކެތި ރަނގަޅަށް މަސައްކަތް ކުރޭތޯ ކަށަވަރުކުރަން އެމްއެންޑީއެފުން އިލްތިމާސްކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

male city

ރާއްޖޭގެ ވައި މިހާރު އަންނަނީ ސާފުވަމުން: މެޓް އޮފީސް

resort

އާންމު ގޮތެއްގައި ހުންނަވަރަށް ވުރެ ފިނިހޫނުމިން އަންނަމަހުވެސް މަތިވާނެ: މެޓް

66

ޑައިވިން ދޯނީގައި ރޯވުން: ދޯނި އަޑިއަށް، އެކެއްގެ ފައި ފިހިއްޖެ

ރާއްޖެއާ ކައިރިން އިންޑޮނީޝިއާއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ