ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

އަންހެނުންނަށް ހުނަރު ދަސްކޮށްދިނުމަކީ މުޖުތަމަޢަށް ބޮޑެތި ބަދަލުތައް ގެނުވާނެ ކަމެއް: ސާޖިދާ

އަންހެނުންނަކީ އިޖުތިމާޢީ އަދި ރަސްމީ ޚިދުމަތުގެ އިތުރަށް ގޭތެރޭގެ ވަރަށް ބޮޑު އަދި ބުރަ ޒިންމާތަކެއް އުފުލާ ބައެއް ކަމަށާއި، މިފަދަ ހުނަރުތައް ދަސްކޮށްދިނުމުން މުޖުތަމަޢަށް ބޮޑެތި ބަދަލުތައް އަންނާނެކަން ޔަޤީންކުރައްވާ ކަމަށް ފަސްޓް ލޭޑީ، މެޑަމް ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ސްޓެލްކޯއިން އަންހެނުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ”ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން” ގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ކޯހުގެ މައިގަނޑު މަޤުޞަދަކީ ގޭތެރޭގައި ދިމާވާ ކަރަންޓުގެ މައްސަލަތައް އަންހެނުންނަށް އަމިއްލައަށް ހައްލުކުރެވޭނެ މަގުފަހިކޮށްދިނުމެވެ.

ފަސްޓް ލޭޑީ ވިދާޅުވީ، އަންހެނުންނަކީ އިޖުތިމާޢީ އަދި ރަސްމީ ޚިދުމަތުގައި ހަރަކާތްތެރިވާ ބަޔަކަށްވާއިރުވެސް، އެންމެ ބުރަ ޒިންމާތައް ގޭތެރޭގައި އުފުލާ ބަޔަކީވެސް އެމީހުން ކަމަށެވެ. އެހެންކަމުން އަންހެނުންނަށް މިފަދަ ހުނަރުތައް ދަސްކޮށްދިނުމުގެ ސަބަބުން ވަރަށް ބޮޑެތި ބަދަލުތައް އަންނާނެކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، މިއީ އަސާސީ ފެންވަރުގެ ކޯހެއް ނަމަވެސް، އަންހެނުންނަށް ޢިލްމާއި، ހުނަރާއި ތަމްރީން ލިބިގެންދާތީ، މިއީ ވަރަށް ބޮޑު ހެޔޮ ބަދަލެއްގެ ފެށުން ކަމަށެވެ.

”ގޭތެރެއިން މަންމަގެ ފަރާތުން ދަރިންނަށް މަސައްކަތްތައް ދަސްވެ، ދިރިގެން އައުމަކީ އާންމުކަމެއް. މި ކޯހުގެ ސަބަބުން މުޖުތަމަޢަށާއި އަންހެނުންގެ ހުނަރާއި ކެރުމާއި އުފެއްދުންތެރިކަމަށް ކުރިއެރުންތަކެއް އަންނާނެ.” އެކަމަނާ ވިދާޅުވިއެވެ.

ކޮންމެ ދާއިރާއެއްގެ ޚިދުމަތެއްގައިވެސް ފަށާފެންވަރުގެ މަޢުލޫމާތު ލިބިފައިވުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކަރަންޓް ބޭނުންކުރުމުގައި ރައްކާތެރިކަމާއި، ޚަރަދުކުޑަކުރުމުގެ އިތުރުން އެކަށޭނަ ގޮތުގައި ކަރަންޓު ބޭނުންކުރުމުގެ މަޢުލޫމާތު މި ކޯހުގެ ބައިވެރިންނަށް ލިބިފައިވާކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ސްޓެލްކޯއިން ޖުމުލަ 7 ބުރަކަށް ބަހާލައިގެން ހިންގި މި ”ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން” ޖުމުލަ 116 ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ކޯސް ފުރިހަމަކުރި 81 ބައިވެރިޔަކަށް ސެޓްފިކެޓް ޙަވާލުކުރިއެވެ. މެޑަމް ސާޖިދާ މުޙައްމަދު ވަނީ 30 ބައިވެރިއަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަމާހް ރަޝީދު އާއި އެ ކުންފުނީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިލިމާލޭގައި ކަރަންޓުގެ ހިދުމަތް އިތުރަށް ފުޅާ ކުރަން މަޝްވަރާކޮށްފި

4,000 ފްލެޓަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިން ސްޓެލްކޯގެ މުވައްޒަފުންގެ އަގުވަޒަންކޮށްފި

ގްރޭޓަރ މާލޭ ސަރަހައްދުގެ މިސްކިތްތައް އޭސީ ކުރުމުގެ ޢަމަލީ މަސައްކަތް ސްޓެލްކޯއިން ފަށައިފި

stelco

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑުން އެކަށީގެންވޭ: ސްޓެލްކޯ

TTH_advertisement