ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފި

STO_Ads
TTH_Ads
Advertisement

ހޯމަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުގެ އޮފިޝަލަކު “މިހާރު”އަށް ވިދާޅުވީ ބުރާސްފަތި ދުވަހުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށާއި އަދި އަންނަ ހޯމަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

“އެއީ ދެ މޫސުން ބެދޭ ދުވަސްވަރާ ދިމާކޮށް މި ކުރާ ވިއްސާރަ،” އޮފިޝަލް ވިދާޅުވި އެވެ.

HajjCop_ads
MMA_Ads
Advertisement

މެޓް އޮފީހުން އިއްޔެ ވަނީ އުތުރުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފަ އެވެ. މި އަހަރުގެ ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށެން އަންނަ މަހު ހަޅަ ޖަހާނެ އެވެ. މޫސުން ބަދަލުވާ އެ ދުވަސްވަރާ ދިމާކޮށް އަބަދުވެސް ރާއްޖެއަށް މޫސުން ގޯސްވެ އެވެ.

ރާއްޖެއާ ކައިރީގައި އޮންނަ ސްރީލަންކާ އާއި އިންޑިއާގެ ދެކުނުގެ ހިސާބުތަކަށް މި ދުވަސްވަރު ވަރަށް ވިއްސާރަ އެވެ. އަދި އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އިންޑިއާގެ ދެކުނުގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް އަންނަ އާދިއްތަ ދުވަހާ ހަމައަށް އެލާޓެއް ވެސް ނެރެފަ އެވެ.

ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން ހުޅަނގު މޫސުމުގެ އެންމެ ފަހު ނަކަތް ކަމަށްވާ ދޮށަ ނިމޭނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. މިހާރު މި ހިނގާ ނޮރަ ނަކަތުގައި އާންމުކޮށް މޫސުން ރަނގަޅު ވިޔަސް، ދޭތެރެ ދޭތެރެއިން ވިއްސާރަކޮށް، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިޔަސް ވިލާގަނޑުގައި ގަދަވާނެ އެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެން ދަނީ ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިގެން ދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޯކޮށް ވާރޭވެހި ވައި ގަދަވާނެތީ ރީނދޫ ސަމާލު

Moosun

ބައެއް ރަށްތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ- މެޓް

moosun

ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ: މެޓް

moosun raining

މެދުރާއްޖެތެރެއާއި އުތުރަށް މޫސުން ގޯސް: މެޓް އޮފީސް