ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުންމީދުކުރި ވަރަށް ވުރެ ބޮޑަށް ރައީސް މުއިއްޒު ޚިދުމަތްކޮށްދެއްވައިފި: ފަލާހު

778

އުންމީދުކުރި ވަރަށް ވުރެ ބޮޑަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޚިދުމަތް ކޮށްދެއްވާފައިވާ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ޕީއެންސީން މިރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ހަފުލާގައި ފަލާހު ވިދާޅުވީ، ރައީސް މުއިއްޒަކީ މި ގައުމަށް ލިބިފައި ހުރި ޖަވާހިރެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ރައްޔިތުން އުންމީދު ކުރި ވަރަށްވުރެ ފުރިހަމައަށް ޚިދުމަތްކޮށްދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“އުންމީދުކުރި ވަރަށް ވުރެ ފުރިހަމައަށް މި ދެ އަހަރު ރައީސް މުއިއްޒު ޚިދުމަތްކޮށްދެއްވައިފި” ފަލާހު ވިދާޅުވިއެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންކަން ރައީސް މުއިއްޒު ހައްލުކޮށްދެއްވަމުން އަންނަ ކަމަށެވެ.

ކުރުމުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ތަރައްގީގެ މަޝްރޫއުތަކެއް ފައްޓަވާދެއްވާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ހަފުލާގައި ވަނީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ކޭކެއް ފަޅާފައެވެ. އޭގެއިތުރަށް، މި ހަފުލާގައި ޕީއެންސީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲގެ އިތުރުން އެ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

އައްޑުއަށް ނިސްބަތްވާ އެމްޑީޕީގެ އިސް ފަރާތްތަކެއް ޕީއެންސީއާ ގުޅިއްޖެ

އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން: ރައީސް

PNC

ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޯބަރުގައި ބާއްވަނީ

Oo

އެމްޑީޕީ ކެންޑިޑޭޓުން އިންތިހާބުވެއްޖެނަމަ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ: ނައިބު ރައީސް