ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޚާން ޔޫނިސްއާއި، ގާޒާ ސިޓީއަށް ވަރުގަދަ ހަމަލާތަކެއް، މިއަދުގެ މިހާތަނަށް 3 މީހުން ޝަހީދުކޮށްލައިފި

TTH_Ads
STO_Ads
Advertisement

އިސްތިއުމާރީ އިސްރާއީލު ސިފައިން މިއަދުވެސް ޣައްޒާއަށް ބޮންއަޅައި 3 މީހުން ޝަހީދު ކޮށްލައިފިއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން މިއަދު ބޮން އަޅާފައިވަނީ ޣައްޒާގެ ދެކުނުން ޚާން ޔޫނިސްއަށެވެ.

ޚާން ޔޫނިސްގެ އިތުރުން، ޣައްޒާގެ އުތުރުން ގާޒާ ސިޓީގެ ޒައިތޫން އަވަށަށްވެސް ޓެރަރިސްޓުން މިއަދު ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ވެއެވެ.

MMA_Ads
HajjCop_ads
Advertisement

ބޮން އެޅުމުގެ އިތުރުން، ޚާން ޔޫނިސްއާއި، ގާޒާ ސިޓީގައި އިސްތިއުމާރީ ސިފައިން ކޮންޓްރޯލް ކުރާ ސަރަހައްދުގެ ތެރޭގައި ކޮޅަށް ހުރި ހުރިހާ ގެތަކާއި، އިމާރާތްތަކެއް ގޮއްވަމުން އެބަ ގެންދެއެވެ.

ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފްވެ، އިސްތިއުމާރީ ސިފައިން ކެނޑިނޭޅި ގެންދަނީ ޣައްޒާއަށް ވައިގެ މަގުންނާއި، އެއްގަމުމަގުން ހަމަލާދީ އާންމުން ޝަހީދު ކުރަމުންނެވެ.

ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި ކުރަން އިސްރާއީލުން އެއްބަސްވި ގިނަ ކަންކަން ކޮށްފައި ނުވާއިރު، ހަމާސްއިން ދަނީ އެމީހުން ކުރަން އެއްބަސްވި ހުރިހާ ކަމެއް ކުރަމުންނެވެ.

ހަމަލާތައް ހުއްޓާލުމުގެ ފުރަތަމަ ފިޔަވަހި ނިމެންދާއިރު، އެމެރިކާއިން މަސައްކަތް ކުރަމުންދަނީ ދެވަނަ ފިޔަވައްސަށް ދިއުމަށެވެ.

އެކަމަކު، އިސްތިއުމާރީ އިސްރާއީލުގެ މުޖުރިމު ނަތަންޔާހޫ ގެންދަނީ، ދެވަނަ ފިޔަވައްސަށް ދިއުމަށް އޭނާ ދެކޮޅުކަން ފާޅުގައި އިޝާރާތް ކުރަމުންނެވެ.

ޣައްޒާއަށް ބައިނަލްއަގްވާމީ ސިފައިންގެ ފައުޖެއް ފޮނުވަން އދގެ ސަލާމަތީ މަޖިލީހުގައި މާދަމާ ވޯޓު ނަގަން ތައްޔާރު ވަމުންދާއިރު، މާދަމާގެ ވޯޓާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޣައްޒާ ޕްލެންވެސް އދއިން އެންޑޯޒްވެގެން ދާނެއެވެ.

އެކަމަކު، ސަލާމަތީ މަޖިލީހުގައި ހިމެނެ ދާއިމީ މެމްބަރު ގައުމުތައް ކަމަށްވާ ރަޝިޔާ، ޗައިނާއިން އެމެރިކާގެ ޕްލެނާ ދެކޮޅު ހަދަމުން ގެންދާއިރު، އަރަބި ބައެއް ގައުމުތަކުންވެސް ގެންދަނީ ދެކޮޅު ހަދަމުންނެވެ. މައިގަނޑު ސަބަބަކީ، ޣައްޒާގައި ވެރިކަންކުރަން އެމެރިކާއިން ހުށަހަޅާފައިވާ ބޯޑުގެ މައްސަލައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
MMA_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބައިތު ޔަހޫންއަށް ވަދެގަންނަން އުޅުނު އިސްރާއީލު ސިފައިންގެ އެކަކު މަރާލައި އެތައްބަޔަކު ޒަޚަމްކޮށްލައިފި

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު

އީރާނުން ހޮރްމޫޒު ކަނޑުއޮޅި ބަންދުކޮށް، އެއްވެސް އުޅަނދެއް ކަނޑުއޮޅިއާ ގާތްނުވާން އަންގައިފި

ލުބުނާނުގެ ދެކުނުގައި ހަނގުރާމަ ވަރަށް ވަރުގަދަ ވެއްޖެ، އިސްތިއުމާރީ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް