ކުއްލި ޚަބަރު

ލ. ގަމުގެ އިރުން ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

އޮޔާ ދިޔަ ދޯންޏެއްގައި ތިބި ބަޔަކު ފުލުހުން ސަލާމަތްކޮށްފި

މޯލްޑިވިއަނުން ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

މީޑިއާ ކޮމިޝަންގެ އެސްޖީ އަކަށް ޕީސީބީގެ ކުރީގެ ރައީސް ހަމްދީ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ކުރީގެ ރައީސް ޙަމްދީ ޢަޤީލް ހަމަޖައްސައިފިއެވެ.

ހަމްދީ އެ މަގާމަށް ހަމަޖެއްސިކަން ހާމަކޮށް އެމްއެމްބީސީން ވަނީ މިއަދު ވަނީ އޭނާ އަށް މަރުޙަބާ ކިޔާފައެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނަށް ޢަމަލުކުރަން ފަށާފައި ވަނީ 18 ސެޕްޓެމްބަރު 2025 ގައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަމަ އެދުވަހު އެމްއެމްބީސީ އުފައްދަވާފައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނާއި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އުފައްދައިފައިވާ “މޯލްޑިވްސް މީޑިއާ ކައުންސިލު” (އެމްއެމްސީ) އުވިފައިވާއިރު، އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދައިފައިވާ “މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން” (ބްރޯޑްކޮމް) މި ޤާނޫނުގެ ދަށުން އުފައްދާ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން” ގޮތުގައި ވަނީ ހަމަޖެހިފައެވެ.

އެމްއެމްބީސީ އަށް އެސްޖީ އެއް ހޯދަން ޢިއުލާންކުރީ މި ބަދަލަށްފަހު އައު ކޮމިޝަނުންނެވެ.

ޙަމްދީ ޢަޤީލް ވަނީ މި ސަރުކާރުގައި ޕީސީބީގެ ރައީސްކަމުގެ މަޤާމު 22 ނޮވެމްބަރު 2023 އިން 13 ފެބްރުއަރީ 2025 އާއި ހަމައަށް ކުރަށްވާފައެވެ.

ޙަމްދީ ޢަޤީލަކީ އޮސްޓްރޭލިއާގެ ކަރޓިން ޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމަރސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޙަމްދީ ޢަޤީލް ޕީބީސީގެ ރައީސްކަމުގެ މަގާމުގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސް ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމާއި، މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމު ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މީޑިއާ ކޮމިޝަންގެ ރައީސްކަމަށް ފަރުޞަތު އައްޔަންކުރަން ފާސްކޮށްފި

ފަރުސަތު، ޞަފާ، އަދި ޞަރާހަތު މީޑިއާ ކޮމިޝަނަށް އައްޔަން ކުރަން ފާސްކޮށްފި

މީޑިއާ ކޮމިޝަނަށް 3 ބޭފުޅުންނަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށްފި

media

މީޑިއާ ކޮމިޝަން އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީކުރުމަށް އިތުރު އެއްދުވަސް ދީފި

TTH_advertisement