ކުއްލި ޚަބަރު

ޑްރަގްގެ ވިޔަފާރި ކުރާ މީހުންނަށް ރާއްޖޭގައި އުޅެން އުނދަގޫވާވަރު ކުރާނަން: އިހްސާން

ރައީސްގެ އެންގެވުމަށް ޑްރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ފަށައިފި

ބީއެމްއެލް މެދުވެރިކޮށް 3000 ހައުސިން ޔުނިޓު އަޅަން ބިން ހަވާލުކޮށްފި

ރާއްޖެއަށް ހައްޖު ކޯޓާ އިތުރު ކުރެވޭތޯ އެބަ މަސައްކަތް ކުރަން: ސަފީރު

ސައުދީ އަރަބިއްޔާގެ ސަރުކާރުން ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ދެމުން އަންނަ ކޯޓާ އިތުރު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔަހްޔާ ހަަސަން އަލް ގަހުތާނީ މިއަދު ވިދާޅުވެއްޖެއެވެ.

ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް މިހާރު ދެނީ އަހަރަކު 1،000 މީހުންގެ ކޯޓާއެވެ. ކޮންމެ އަހަރަކު ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ 2،000 އަށް އިތުރު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކާއެކުގައި ސައުދީ އެމްބަސީގައި ބޭއްވެވި ބައްދަލުވުމެއްގައި ޔަހްޔާ ވިދާޅުވީ ރާއްޖެއަށް ލިބޭ ކޯޓާ އިތުރު ކުރުމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވާނެ ކަމަށެވެ. އެ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވި ގޮތުގައި ސައުދީ ސަރުކާރުން ކޮންމެ ގައުމަކަށް ވެސް ވަކި އަދަދެއްގެ ހައްޖު ކޯޓާ ކަނޑައަޅާފައިވަނީ އެ ގައުމެއްގެ އާބާދީއަށް ބަލައިފައެވެ.

“ވަކި ގައުމަކަށް ކަނޑައަޅާފައި އޮންނަ ހައްޖު ކޯޓާއިން ބައެއް އުނިކޮށްފައި، އެހެން ގައުމެއްގެ ކޯޓާ ތެރެއަށް އިތުރު ކުރާ ނަމަ، އަޅުގަނޑަށް ގަބޫލު ކުރެވެނީ އުނިކުރި ގައުމުން ވެސް ހިތްހަމަނުޖެހޭނެހެން. އެކަމަކު، މިކަމުގައި ހައްލުތަކެއް ހޯދޭނެ. އެއީ ނުވާ ވަރުގެ ކަމެއް ނޫން،” ، ސައުދީގެ ސަފީރު

“ރާއްޖެއަށް ކަނޑައަޅާފައި އޮތް ހައްޖު ކޯޓާ އަދި އިތުރުވާނެ އިންޝާ ﷲ. އެކަމަށް މަސައްކަތް ކުރާނަން،” ސަފީރު ވިދާޅުވިއެވެ.

ހައްޖަށް ދިއުމަށް އެހެން ގައުމުތަކަށް ކަނޑައަޅާފައިވާ ކޯޓާތަކުގެ ތެރެއިން އެ ގައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާގެ ތެރެއިން ބައެއް ރާއްޖެއަށް ހޯދަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ ސަރުކާރާއެކު މިދިޔަ އާދިއްތަ ދުވަހު ވަނީ މަޝްވަރާ ކުރައްވައިފައެވެ. ޝަހީމް ވިދާޅުވީ ގައުމުތަކަށް ދީފައި އޮންނަ ހައްޖު ކޯޓާގެ އިތުރަށް، އިތުރު ކޯޓާ މިހާރު ނުދޭ ކަމަށެވެ.

ނަމަވެެސް، އެހެން ގައުމުތަކަށް ދީފައި ހުންނަ ކޯޓާގެ ތެރެއިން އެގައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާތައް، އިތުރަށް ކޯޓާ ބޭނުންވާ ގައުމުތަކުން ބޭނުން ކުރެވޭ އުސޫލެއް އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މިއަށް ސައުދީން ދީފައިވާ ނަމަކީ ހައްޖު މުބާޝިރު އިނިޝިއޭޓިވްއެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނިފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ސައުދީ ސަފީރު ވިދާޅުވީ އޭގައި ބައިވެރިވުމުގެ ސަބަބުން ދިވެހި ހައްޖުވެރިންނަށް ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ލިބުމުން ލިބޭ އެންމެ ބޮޑު ފަސޭހައަކީ ސަފީރު ވިދާޅުވި ގޮތުގައި ޕާސްޕޯޓު ކޮންޓްރޯލް، ކަސްޓަމްސް، ވިސާ، ހެލްތު ޗެކަޕް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ކުރެވޭނެ މަގު ފަހިވުމެވެ.

އެކަމުގެ ސަބަބުން ސައުދީ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ފަށައިފި

ރާއްޖެއާއި ސައުދީ ދެމެދު އޮތީ ގުޅިގެން މަސައްކަތް ކުރުމުގެ ކާމިޔާބު ފެންނަ މޮޑެލެއް: ސައުދީ ސަފީރު

ސައުދީގެ “ސްލީޕިންގ ޕްރިންސް” 20 އަހަރުގެ ކޯމާއަކަށްފަހު އަވަހާރަވެއްޖެ

ރައީސް ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

TTH_advertisement