ކުއްލި ޚަބަރު

ޤަވާއިދާ ޚިލާފަށް އުޅުނު 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ޑްރޯންގެ އެހީގައި ރާއްޖެ ސަރަހައްދުން ލަންކާގެ ދެ މަސްބޯޓު ހިފަހައްޓައިފި

ސައުދީއިން ރާއްޖެއަށް 300 އަށް ވުރެ ގިނަ ސްކޮލަޝިޕަށް ހުޅުވާލައިފި

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ފަށައިފި

ސަޢުދީ ޢަރަބިއްޔާގެ ރިޔާޛުގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ކުލަގަދަ ރަސްމިޔާތަކަށްފަހު ފަށައިފިއެވެ. ރޭ ބޭއްވި މި ރަސްމިޔާތުގައި ވަނީ، އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ސައުދީ އަރަބިއްޔާގައި އެންމެ ފުރަތަމަ ބޭއްވިއިރުގެ އުސްއަލިތައް ދައްކާލާފައެވެ.

މި އަހަރުގެ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާލާފައިވަނީ އެންމެ ފަހުގެ ޤައުމީ ޓީޓީ ޗެމްޕިއަން އައިޝަތު ރަފާ ނާޒިމާއި، ގައުމީ ސީނިއަރ ފެތުންތެރިޔާ އިމްއާން ޢަލީއެވެ. ރަފާއާއި އިމްއާން ވަނީ މީގެ ކުރިން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް، ގިނަ ކާމިޔާބީތަކެއްވެސް ހޯދައިފައިއެވެ. މިއީ މި ދެ އެތުލީޓުން މިފަދަ ބޮޑު ގޭމްސްއެއްގައި ދިދަ އުފުލާލި ފުރަތަމަ ފަހަރެވެ.

ރޭ ފެށި ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ވާދަކުރާނީ ފެތުން، ޓޭބަލް ޓެނިސް، ހޭންޑްބޯޅައާއި އެތުލެޓިކްސްގައެވެ. ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑިމިޝަނަރަކީ މުޙައްމަދު ޖައުޝަން ޝަރީފް (ޖައު) އެވެ. އަދި ޑެޕިއުޓީ ޗެފް ޑިމިޝަނަރަކީ މަރިޔަމް ޝައުފާއެވެ.

އެންމެ ފަހުން 2022 ވަނަ އަހަރު ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ވާދަކުރީ ހަތަރު ކުޅިވަރެއްގައެވެ. އެއީ ޓޭބަލް ޓެނިސް، ފެތުން، ތުރީ އޮން ތުރީ ބާސްކެޓްބޯޅަ އަދި އެތުލެޓިކްސްއެވެ. އެ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމު ވަނީ ލޯ މެޑެލް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރާއްޖެއާއި ސައުދީ ދެމެދު އޮތީ ގުޅިގެން މަސައްކަތް ކުރުމުގެ ކާމިޔާބު ފެންނަ މޮޑެލެއް: ސައުދީ ސަފީރު

ސައުދީގެ “ސްލީޕިންގ ޕްރިންސް” 20 އަހަރުގެ ކޯމާއަކަށްފަހު އަވަހާރަވެއްޖެ

ރައީސް ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރަސްގެފާނުގެ މެހެމާނުންނާ، ވަލީ ޢަހުދު ބައްދަލުކުރެއްވުން؛ އެންމެ އަރިހުގައި ރައީސް

TTH_advertisement