ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާފަރު އެއަރޕޯޓު ޓަރމިނަލް ބޮޑު ކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ޙަވާލުކޮށްފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މިމަސައްކަތުގެ ދަށުން ޓަރމިނަލާއި އިންވެގެން ދެ ފަންގިފިލާގެ އިމާރަތެއް ތަރައްޤީކުރާނެއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގަމުން ދަނީ ޤައުމީ އެއަރލައިން މޯލްޑިވްސް ހިންގާ ކުންފުނިން އައިލޭންޑް އެވިއޭޝަން ސާވިސެސްއިންނެވެ. މާފަރު އެއަރޕޯޓުގެ ޓަރމިނަލް ބޮޑުކުރުމަށް ބަޔަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައިލޭންޑް އެވިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސެވެ. ޗައިނާގެ ހުނާން ނަމްބަރ 6 ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ލީގަލް ރެޕްރެޒެންޓޭޓީވް ވަންގް ހީއެވެ.

މިއީ ޖުމްލަ 3.6 މިލިޔަން ޑޮލަރުގެ އެއްބަސްވުމެއް ކަމަށް އައިލޭންޑް އެވިއޭޝަނުން ވިދާޅުވިއެވެ. އެއަރޕޯޓު ޓަރމިނަލާއި އިންވެގެން އަޅާ އިމާރާތަކީ މިހާރުވެސް ކުޑަވެފައިވާ ޖާގައަަށް 6238 އަކަފޫޓުގެ އިތުރުވާނެ ކަމެއްކަން އައިލޭންޑް އެވިއޭޝަނުން ވިދާޅުވެއެވެ. މިއާއެކު މުޅި ޖުމްލަ ޓަރމިނަލް ޖާގައަށް 12476 އަކަފޫޓުގެ އިތުރުވުމެއް އެކުންފުނިން ފާހަގަކުރެއެވެ. މިމަޝްރޫޢު ހަވާލުކޮށްފައިވަނީ 10 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

HajjCop_ads
Advertisement

އައު ޓަރމިނަލް އިމާރާތަށް އައު އިމާރާތެއް އައުމާއެކު ގިނަ ޚިދުމަތްތައް ފުޅާވެގެން ދާނެ ކަމަށް އެކުންފުނިން ވިދާޅުވިއެވެ. މިގޮތުން މިހާރު ބޭނުން ކުރާ އެރައިވަލް ހޯލް ބޮޑުކުރެވި، ބެގޭޖް ހޭންޑްލިންގް ބެލްތް ބޮޑުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މަޝްރޫޢު ނިމިގެންދާއިރު ފުރަތަމަ ފަނގިފިލާގައި 60 މީހުންގެ ޖާގައިގެ ތަނަވަސް ލައުންޖެއް ޤާއިމްކުރެވޭނެ އައިއޭޢެސް އިން ވިދާޅުވިއެވެ. އަދި ގްރައުންޑް ފްލޯގައި 4 ސީއައިޕީ ލައުންޖް ޤާއިމްކުރެވޭނެ ކަމަށްވިއަސް ވިދާޅުވިއެވެ.

މިމަޝްރޫޢުގެ ސަބަބުން އެއަރޕޯޓު ބޭނުން ކުރާ ރައްޔިތުންނަށް އަދި ބޭރުގެ ފަތުރުވެރިންނަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ އައިލޭންޑް އެވިއޭޝަނުން ވިދާޅުވިއެވެ. އައިލޭންޑް އެވިއޭޝަނުން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް މާފަރު ތަރައްޤީ ކުރުމުގެ މާސްޓަރޕްލޭނެއް މިހާރު ތައްޔާރު ކުރަމުންދާ ކަމަށެވެ. އަދި އުއްމީދަކީ އެ ޕްލޭންގެ ދަށުން މާފަރުގައި ތަރައްޤީގެ އިތުރު މަޝްރޫޢޫތައް ހިންގުން ކުރިއަށް ގެންދިއުން ކަމަށް އެކުންފުނިން ވިދާޅުވިއެެވެ.

މާފަރު އެއަރޕޯޓުގެ ޓަރމިނަލް މަސައްކަތް ބަޔަކާއި ހަވާލުކޮށްފައިވާއިރު، މި އެއަރޕޯޓުގެ ޚިދުމަތް ފުޅާ ކުރައްވާނެ ކަމަށް މިއަހަރުގެ ޖުލައި މަހު އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ޖުމްލަކޮށް އެއަރޕޯޓްގެ ތަރައްޤީއަށް ވަރަށް ގިނަ ކަންތައްތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށެވެ. އެއަރޕޯޓަށް ގެންނަން ބޭނުންވާ ވަށާޖެހިފައިވާ ފުރިހަމަ އެއަރޕޯޓަކަށް ހެދުމަށް ޓާމިނަލްގެ މަސައްކަތާއި އަދި ހޮޓެލެއްގެ މަސައްކަތްވެސް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މާފަރު އެއާޕޯޓުގައި ފުރަތަމަ ފިޔަވަހީގެ ދަށުން، 2200 މީޓަރުގެ ރަންވޭއަކާއި، ޕެސެންޖަރ ޓަރމިނަލް އިމާރާތާއި ވީއައިޕީ ލައުންޖް ވަނީ ތަރައްޤީކޮށްފައެވެ. މީގެ އިތުރުން ފަޔަރ އެންޑް ރެކްސިއު ސްޓޭޝަނާއި ކޮންޓްރޯލް ޓަވަރު އަދި ޕެސެންޖަރ ޖެޓީ ވަނީ ގާއިމުކޮށްފައެވެ. މާފަރު އެއަރޕޯޓްގެ މަސައްކަތް ފަށާފަވަނީ 23 ޖެނުއަރީ 2018ގައެވެ. މި އެއަރޕޯޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ ކޮމާޝަލް ދަތުރުތައް ފެށީ 2019ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހުއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

ކޮޗިންއާއި ޓްރިވެންޑްރަމަށް މޯލްޑިވިއަންގެ ދަތުރުތައް ހަފުތާއަކު 6 ދުވަހު

700266931 1426164966205979 5314635858838116995 n

މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އޮސްޓްރޭލިއާގެ މެލްބަންއަށް ފަށަނީ

Maldivian

އަލަށް ގެންނަ ސީޕްލޭންތަކާއެކު ރޭގަނޑު ދަތުރުކުރުމުގެ ފުރުޞަތު ފަހިވާނެ: މޯލްޑިވިއަން

Maldivian

ގައުމީ އެއާލައިން މޯލްޑިވިއަންއިން ފަތުރުވެރިންނަށް ވިއްކާ ޓިކެޓުގެ އަގުތައް ހެޔޮކުރުމަށް ސަރުކާރުން ނިންމައިފި