ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިއްޙީ ދާއިރާއާ ގުޅޭ މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

STO_Ads
TTH_Ads
Advertisement

ރާއްޖޭގެ ސިއްޙީ ދާއިރާއާ ގުޅޭ މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމެއް އދ. ގެ ދެ ޖަމިއްޔާއެއްކަމަށްވާ ޔުނިސެފްއާއި ޔޫއެންއެފްޕީއޭއާ ގުޅިގެން ބާއްވައިފިއެވެ.

ސިއްޙީ ވުޒާރާއިން، ޔުނިސެފްއާއި ޔޫއެންއެފްޕީއޭއާ ގުޅިގެން މަތީ ފަންތީގެ ސިޔާސަތުތާގުޅޭ ގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ބައެއް ފަރާތްތަކާއި، ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުންވަނީ، ރާއްޖޭގެ އާބާދީއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރައްވައި، ޢުމުރުން ދުވަސްވީ މީހުންގެ އާބާދީ ވަރަށް ބޮޑަށް ދަށްވަމުންދާކަން ފާހަގަކުރައްވާފައެވެ.

HajjCop_ads
Advertisement

އަދި ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ ކަމަށާއި، ހެދިބޮޑުވަމުން އަންނަ ކުޑަކުދިންނާއި ޒުވާނުންގެ މެދުގަ ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައްވެސް އިތުރުވަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ، ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކޮށް އެކަންކަމަށް އިޖާބަދިނުމުގެ މުހިންމުކަމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ދުޅަހެޔޮ ސިއްޙަތަކީ މުޅި މުޖުތަމަޢުގެ ޒިންމާއެއްކަަމަށް ވިދާޅުވެފައެވެ. އަދި މިކަން ކުރުމަށް ސިއްޙީ ދާއިރާގެ އިތުރުން ތައުލީމާއި ތިމާވެށީގެ ދާއިރާގެ އިތުރުން އިޖްތިމާޢީ ދާއިރާއިންވެސް އެކަށީގެންވާ ސިޔާސަތުތަކެއް ބައްޓަންކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގެ ތެރެއިންވަނީ ޚާއްސަ ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށްގެންގޮސްފައެވެ. މި ޕެނަލް ޑިސްކަޝަންގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާގެ އިތުރުން ކުޅިވަރާ ސިއްޙީ ދާއިރާގެ ބައެއް ތަޖުރިބާކާރު ބައެއް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްވަރާ ބައްދަލުވުމުން އެއްކުރެވޭ މަޢުލޫމާތުތައް ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ބޭނުންކުރެވޭނެކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ. އަދި މީގެ ސަބަބުން މުސްތަޤްބަލުގަ ޤައުމުގެ އާބާދީގެ ދުޅަހެޔޮކަމަށް އިސްކަންދެވޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ލ.އަތޮޅުގައި ފަށައިފި

43

ކެންސަރު ބަލީގެ ފޭކް އިންޖެކްޝަން ރާއްޖެ ގެނައީ އަމިއްލަ މީހަކު: ހެލްތު މިނިސްޓްރީ

kulli khabaru

ރާއްޖޭގައި ޑާޒަލެކްސް ގެ ފޭކް އިންޖެކްޝަންތަކެއް ފެނިގެން ސަމާލުވުމަށް އަންގައިފި

health ministry

މަދަނީ ޖަމިއްޔާތަކުގެ ގްރާންޓް ޕްރޮގްރާމަށް ހުޅުވާލައިފި