ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

55 ކައުންސިލް އިދާރާގެ އިމާރާތް އަންނަ ޖުލައި މަހު ނިމޭނެ: މިނިސްޓްރީ

778
STO_Ads

ރާއްޖޭގެ 55 ރަށުގައި އަޅަން ނިންމާފައިވާ ކައުންސިލް އިދާރާގެ އިމާރާތްތަކުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ، ކައުންސިލް އިމާރާތްތައް އިމާރާތްކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން މިހާރު ވަނީ 42 ރަށަކަށް ތަކެތި މޮބިލައިޒްކުރެވިފައި ކަމަށެވެ. އަދި 38 ރަށެއްގައި ކައުންސިލް އިމާރާތްތައް އެޅުމަށް ބޭނުންވާ ސާމާނު ސައިޓަށް ފޮނުވާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އަންނަ އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން މި ހުރިހާ އިމާރާތްތައް ނިމި، ކައުންސިލްތަކުގެ ޚިދުމަތްތައް ފެށޭނެ ކަމަށް ލޯކަލް ގަވާމެންޓް މިނިސްޓްރީން ބުންޏެވެ.

Maldivian_Ads

ރަށްރަށުގެ ކައުންސިލް އިމާރާތްތައް އަޅަން ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން 55 ރަށެއްގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ކޮންޓެކްޓާ ފައިނޭންސްގެ އުސޫލުންނެވެ. މަސައްކަތް ނިންމާ ހަވާލުކުރުމުން ސަރުކާރުން އެ ކުންފުންޏަށް ފައިސާ ދައްކަން ފަށާނެއެވެ.

މީގެއިތުރުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވެސް ގިނަ އަދަދެއްގެ ކައުންސިލް އިދާރާގެ އިމާރާތްތައް އަޅަން ވަނީ ނިންމާފައެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫ މޭޔަރުކަމުގެ ދެވަނަ ދައުރެއް ނިޒާރަށް

މާދަމާ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން 16:00އަށް

Original

މާލެ ސަރަޙައްދުގެ ގިނަ ވިޔަފާރިވެރިންގެ ތާޢީދު މޫސާ ޢަލީ ޖަލީލަށް

އައްޑޫ ސިޓީގެ ކެމްޕޭން ޖަގަހަ ހުޅުވައިފި