ކުއްލި ޚަބަރު

ޑްރަގްގެ ވިޔަފާރި ކުރާ މީހުންނަށް ރާއްޖޭގައި އުޅެން އުނދަގޫވާވަރު ކުރާނަން: އިހްސާން

ރައީސްގެ އެންގެވުމަށް ޑްރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ފަށައިފި

ބީއެމްއެލް މެދުވެރިކޮށް 3000 ހައުސިން ޔުނިޓު އަޅަން ބިން ހަވާލުކޮށްފި

ޖެރަލްޑް އާރް ފޯރޑް ހިމެނޭ ލަޝްކަރު ވެނެޒުއެލާ ކައިރިއަށް، އިސާހިތަކު ހަނގުރާމަ ފަށާފާނެ

އެމެރިކާގެ ހަނގުރާމަމަތީ އެންމެ ބޮޑު މަނަވަރު ޖެރަލްޑް އާރް ފޯރޑް ހިމެނޭ ހަނގުރާމައިގެ އެންމެ ބިޔަ ލަޝްކަރު

އެމެރިކާގެ ހަނގުރާމަމަތީ އެންމެ ބިޔަ މަނަވަރު ޔޫއެސްއެސް ޖެރަލްޑް އާރް ފޯރޑް ހިމެނޭ ހަނގުރާމައިގެ އެންމެ ވަރުގަދަ އަދި އެންމެ ބިޔަ ލަޝްކަރު ވެނެޒުއެލާ ކައިރިއަށް ދިއުމާއެކު މަސްރަހް އިތުރަށް ނުތަނަވަސް ވެއްޖެއެވެ.

މި ލަޝްކަރު ވެނެޒުއެލާ ކައިރިއަށް މި ޖަމާވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކޮށްގެންނެވެ.

ޖެރަލްޑް އާރް ފޯރޑް ހިމެނޭ ލަޝްކަރަކީ އެއަރ ވިންގަކާއެކު އޮންނަ އެމެރިކާގެ ހަނގުރާމައިގެ އެންމެ ބިޔަ ލަޝްކަރެވެ.

މިއީ، އިރާގު ހަނގުރާމައަށްފަހު އެމެރިކާ ސިފައިންގެ މި ލަޝްކަރު ޖަމާކުރެވުނު ފުރަތަމަ ފަހަރެވެ.

ޚަބަރުތައް ބުނާގޮތުގައި، ޖެރަލްޑް އާރް ފޯރޑް ހިމެނޭ  ގާފިލާ ވެނެޒުއެލާ ގާތަށް ދިއުމާއެކު، ވެނެޒުއެލާގެ އަސްކަރިއްޔާވެސް މިހާރުވަނީ ތައްޔާރީ ހާލަތަށް އައިސްފައެވެ.

އެއްގަމާއި، ވަޔާއި އަދި ކަނޑުގެ ސިފައިންގެ ދެލައްކަ ސިފައިންގެ ފައުޖެއް ތައްޔާރީ ހާލަށް ގެނައިއިރު، ރިޒާވް ފައުޖުވެސް އޮތީ ތައްޔާރުކޮށްފައެވެ.

އަދި ވެނެޒުއެލާގެ ޑިފެންސް މިނިސްޓަރު ވްލަޑިމީރް ޕެޑްރިނޯ ލޮޕޭޒްވަނީ، މުޅި ގައުމުވެސް ކުއްލި ހާލަތަށް ގެނެސްފައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ދޭންފެށި އިންޒާރުތަކާއެކު ވެނެޒުއެލާއިން ދިޔައީ ހަނގުރާމައަށް ތައްޔާރު ވަމުންނެވެ.

އެގޮތުން، މިސައިލުން ދިފާއުވާ ސިސްޓަމްތައް، އެމެރިކާ ސިފައިން ޖަމާވަމުންދާ ފަޅީގައި  ގާއިމްކޮށް އަދި ހަނގުރާމަމަތީ ޖެޓުތައްވެސް ރުކުރުވާލާފައި ވެއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ވެނެޒުއެލާއަށް ހަމަލާދޭން އަމުރުކުރީ، އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރަނީ ވެނެޒުއެލާއިން ކަމަށް ބުނެއެވެ. ނަމަވެސް، މި ވާހަކަ އެންމެން ދޮގު ކުރެއެވެ.

ތަޖުރިބާކާރުން ބުނަނީ، ދެކުނު އެމެރިކާގެ ގައުމުތަކުގެ ތެރެއިންވެސް ވެނެޒުއެލާއަކީ މަސްތުވާތަކެތީގެ މައްސަލަ އެންމެ މަދު އެއް ގައުމު ކަމަށެވެ. އެގައުމުން އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް އެމެރިކާގެ ރައީސް ދައްކާ ވާހަކަތައް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ.

އެމެރިކާއިން ތުހުމަތުކުރާ މަސްތުވާތަކެތީގެ ބާވަތްތައް ގިނައިން އުފައްދާ ގައުމުތަކުގެ ތެރޭގައިވެސް ވެނެޒުއެލާ ނުހިމެނެއެވެ. އަދި އެމެރިކާއިން ލިސްޓްކުރި ބައެއް ބާވަތްތައް ވެނެޒުއެލާގައިވެސް ނުހުރެއެވެ.

އެމެރިކާގެ މިހާރުގެ ބޭނުމަކީ މަސްތުވާތަކެތި ނޫން ކަމާއި، ޓްރަމްޕްގެ ބޭނުމަކީ ވެނެޒުއެލާގެ ވެރިކަމުން ނިކޮލާސް މަދޫރޯ ދުރުކުރުން ކަމަށް މިހާރުވަނީ ޔަގީން ވެފައެވެ. އެއީ ވެނެޒުއެލާގެ ތެލުގެ ބޭނުމުގައި ކަމަށްވެސް ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ. ވެނެޒުއެލާއަކީ ދުނިޔޭގެ ތެލުގެ އެންމެބޮޑު ރިޒާވް ހުރި ގައުމެވެ.

ވައިގެމަގުން ހަމަލާ ދިނުމުގެ އިތުރުން، އެއްގަމުމަގުންވެސް އެމެރިކާ ސިފައިން ވެނެޒުއެލާއަށް އަރާން ވަނީ ތައްޔާރުވެފައެވެ.

މަސްރަހްގެ ކަންކަން ބަލަމުންދާ ފަރާތްތަކުން ބުނަނީ، އިސާހިތަކު ހަނގުރާމަ ފެށިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކިޔާނެ އެއްޗެހި ހުސްވެގެން މަމްދާނީ އަތުން ކާތީވެސް އެންމެފަހުން ދިމާކުރަން ފެށުން

ޓްރަމްޕް ކުރާ ދޮގު ތުހުމަތުތަކަށް ދެކުނު އެފްރިކާއިން ރައްދު ދީފި

އިސްލާމީ އިތުރު ގައުމަކުން އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރަން ތައްޔާރުވެއްޖެ

މަމްދާނީއާ ވާހަކަ ދައްކަން ތައްޔާރު، އެއްބާރުލުން ނުދޭނަމަ މަމްދާނީގެ މަސައްކަތަށް ހުރަސްއަޅާނަން: ޓްރަމްޕް

TTH_advertisement